ސައުދީން ރާއްޖެއަށް 55 ޓަނުގެ ކަދުރު ހަދިޔާ ކޮށްފި

ސައުދީން ރާއްޖެއަށް 55 ޓަނުގެ ކަދުރު ހަދިޔާ ކޮށްފި

Author
ހުސެއިން
21 މާރޗް 2024 11:54
0
ސައުދީ އަރަބިއްޔާއިން ރާއްޖެއަށް 55 ޓަނުގެ ކަދުރު ހަދިޔާކޮށްފައިވެ އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ސައުދީ ސަރުކާރުން ދިވެހި ސަރުކާރަށް 50 ޓަނުގެ ކަދުރު ހަދިޔާކޮށްފައިވާ ކަމަށެވެ. އަދި ސަޢޫދީ ޢަރަބިއްޔާގެ އިސްލާމިކް މިނިސްޓްރީންވެސް ވަނީ 5 ޓަނުގެ ކަދުރު ހަދިޔާކޮށްފައެވެ.
މިއަދު ބޭއްވި ވަކި ދެ ރަސްމިއްޔާތެއްގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިސްލާމިކް މިނިސްޓަރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދެވެ.
ސައުދީ ސަރުކާރާއި އިސްލާމިކް މިނިސްޓްރީން ހަދިޔާކުރި ކަދުރު ހަވާލުކޮށްދެއްވީ ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މައިތިރިކް އަދައުސަރީ އެވެ.
ރަމަޟާން މަހާ ދިމާކޮށް ސަޢޫދީ ޢަރަބިއްޔާއިން ކޮންމެ އަހަރަކުވެސް ރާއްޖެއަށް ކަދުރު ހަދިޔާކުރެއެވެ. ސައުދީ އަރަބިއްޔާގެ ސަރުކާރުން ރާއްޖެއަށް 50 ޓަނުގެ ކަދުރު މިދިޔަ އަހަރުވެސް ހަދިޔާ ކުރިއެވެ. އިސްލާމިކް މިނިސްޓްރީން ބުނީ މިއަދު ދިން ކަދުރު ވަރަށް އަވަހަށް ބަހަން ފަށާނެ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.