ރާއްޖެ އެތެރެކުރަން އުޅުނު ފަސް ކިލޯގެ ޑްރަގު އަތުލައިގެންފި

ރާއްޖެ އެތެރެކުރަން އުޅުނު ފަސް ކިލޯގެ ޑްރަގު އަތުލައިގެންފި

Author
ހުސެއިން
14 މާރޗް 2024 12:40
0

ރާއްޖެ އެތެރެކުރަން އުޅުނު ފަސް ކިލޯގެ ޑްރަގު އަތުލައިގެންފިއެވެ. ރާއްޖެއަށް ޑްރަގް އެތެރެކުރުން އުޅެނިކޮށް އަތުލައިގެންފައިވަނީ އުމުރުން 56 އަހަރުގެ ފިިރިހެނެކެވެ. އޭނާއަކީ ޕާކިސްތާން މީހެކެވެ.

އޭނާގެ ބަންދަށް މިހާރުވަނި 30 ދުވަސް ކުރިމިނަލް ކޯޓުން ޖަހައިދީފައެވެ.

ކްރިމިނަލް ކޯޓުގެ އަމުރުގައިވަނީ އޭނާގެ އަތުން މަސްތުވާތަކެތި ފެނިފައިވަނީ އޭނާ ރާއްޖެ އައިއިރު ޝައްކު ކުރެވިގެން ބެލި ބެލުމުގައި ކަމުގައެވެ.

ކޯޓު އަމުރުގައި ވަނީ އޭނާއަކީ ރާއްޖޭގައި މަސްތުވާތަކެތީގެ ވިޔަފާރު ކުރާމީހެއްކަމަށް ބެލެވޭ ކަމަށާއި، އޭނާ މުޖުތަމަޢަށް ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާ އޮތުމުގެ ފުރުސަތު އޮތްކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.