އަމާޒަކީ ބޮޑުވަޒީރުކަމުގެ ތިންވަނަ ދައުރުގައި އިންޑިއާއަކީ ތިންވަނައަށް އެންމެ ބޮޑު އިޤްތިޞާދަކަށް ހެދުން: މޯދީ

އަމާޒަކީ ބޮޑުވަޒީރުކަމުގެ ތިންވަނަ ދައުރުގައި އިންޑިއާއަކީ ތިންވަނައަށް އެންމެ ބޮޑު އިޤްތިޞާދަކަށް ހެދުން: މޯދީ

ކުރިއަށް އޮތް ލޯކް ސަބާ އިންތިހާބުގައި އަލުން ވެރިކަމަށް އަންނާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވީ އެމަނިކުފާނުގެ ތިން ވަނަ ދައުރުގައި އިންޑިއާ އަކީ ދުނިޔޭގެ ތިން ވަނަ އަށް އެންމެ ބޮޑު އިގްތިސާދަކަށް ހެދުމުގެ "ފުރިހަމަ ޔަގީންކަން" ދެއްވާފައިވާކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯޑީ ވިދާޅުވެއްޖެއެވެ.

އިންޑިއާއިން ހޯދާފައިވާ ގިނަ ކާމިޔާބީތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ބޮޑުވަޒީރު ވިދާޅުވީ 2047 ވަނަ އަހަރު އަންނަންވާއިރަށް އިންޑިއާއަކީ ކުރިއަރާފައިވާ ގައުމަކަށް ހެދުމުގެ އަމާޒަކީ އިންޑިއާގެ ކޮންމެ ރައްޔިތެއްގެވެސް އުއްމީދު ކަމުގައެވެ.

"އަހްލާން މޯދީ" އިވެންޓުގައި ވާހަކަފުޅު ދައްކަވަމުން މޯދީ ވިދާޅުވީ އިންޑިއާގެ ކޮންމެ މީހެއްގެ ގާބިލުކަމާ މެދު ވަރަށް ބޮޑަށް އިތުބާރު ކުރައްވާ ކަމަށާއި، އޭގެ މައްޗަށް ބައްލަވާލައްވަމުން މޯދީ ވަނީ އެމަނިކުފާނުގެ ތިން ވަނަ ދައުރުގައި އިންޑިއާ އަކީ ތިން ވަނަ އަށް އެންމެ ބޮޑު އިގްތިސާދަކަށް ހައްދަވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.

މިއަދު އިންޑިއާގެ ކޮންމެ މީހެއްގެ ވެސް އަމާޒަކީ 2047 ވަނަ އަހަރު އަންނަންވާއިރަށް އިންޑިއާއަކީ ތަރައްގީވެފައިވާ ގައުމަކަށް ހެދުން.

މޯދީ ވިދާޅުވި އެވެ.

މޯދީ ފާހަގަކުރެއްވި ގޮތުގައި އިންޑިއާއަކީ ފުރަތަމަ ފަހަރަށް މާސްއަށް ގޮސް ހަނދުގެ ދެކުނު ތަނބުގައި ޖައްސާ ގައުމެވެ. އަދި ފިންޓެކް އެޑޮޕްޝަން ރޭޓުގެ އެއް ވަނައިގައި އިންޑިއާ އޮތް އިރު، ދުނިޔޭގެ ތިން ވަނައަށް އެންމެ ބޮޑު ސްޓާޓްއަޕް އިކޯސިސްޓަމް އޮންނަ ގައުމަކީ އިންޑިއާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އިގްތިސާދު ހަލުވިކަމާއެކު ކުރިއަރަމުން އަންނަ އެ ގައުމަކީ ކޮބައި ހެއްޔެވެ؟ ދުނިޔޭގެ ތިންވަނައަށް އެންމެ ބޮޑު ސްޓާޓްއަޕް އިކޯސިސްޓަމް އޮންނަނީ ކޮން ގައުމެއްގައި ހެއްޔެވެ؟ އެ ގައުމަކީ އިންޑިޔާ" މޯޑީ ވިދާޅުވިއެވެ.

"ފިންޓެކް އެޑޮޕްޝަން ރޭޓުގެ އެއް ވަނައިގައި އޮތީ ކޮން ގައުމެއް ހެއްޔެވެ؟ އެންމެ ގިނައިން ކިރު އުފައްދާ ގައުމަކީ ކޮން ގައުމެއް ހެއްޔެވެ؟ އިންޓަނެޓް ބޭނުންކުރާ މީހުންގެ ތެރެއިން ދެ ވަނައިގައި އޮތީ ކޮން ގައުމެއް ހެއްޔެވެ؟ ދުނިޔޭގައި ދެވަނައަށް އެންމެ ބޮޑު މޮބައިލް ފޯނު އުފައްދާ ގައުމަކީ ކޮން ގައުމެއް ހެއްޔެވެ؟ ދުނިޔޭގެ ތިންވަނައަށް އެންމެ ބޮޑު ސްޓާޓްއަޕް އިކޯސިސްޓަމް އޮންނަނީ ކޮން ގައުމެއްގައި ހެއްޔެވެ؟ އެގައުމަކީ އަޅުގަނޑުމެންގެ އިންޑިއާ،" މޯދީ ވިދާޅުވި އެވެ.

"މާސްއަށް އެންމެ ފުރަތަމަ ދިޔައީ ކޮން ގައުމަކުންތޯ؟ އަޅުގަނޑުމެންގެ އިންޑިޔާ. ހަނދުގެ ސައުތު ޕޯލްއާ ހަމައަށް އާދެވުނީ ކޮން ގައުމަކުން ހެއްޔެވެ؟ އަޅުގަނޑުމެންގެ އިންޑިޔާ. އެއްފަހަރާ 100 ސެޓެލައިޓް ފޮނުވާލުމުގެ ރެކޯޑް ހެދީ ކޮން ގައުމަކުން ހެއްޔެވެ؟ އަޅުގަނޑުމެންގެ އިންޑިޔާ. އަމިއްލައަށް 5ޖީ ޓެކްނޮލޮޖީ އުފައްދައި އެންމެ އަވަހަށް ތައާރަފްކުރީ ކޮން ގައުމަކުން ހެއްޔެވެ؟ އަހަރެމެންގެ އިންޑިއާ." އިންޑިއާއިން ހާސިލްކޮއްފައިވާ ކާމިޔާބީތަކަށް އިޝާރާތް ކުރައްވަމުން މޯދީ ވިދާޅުވިއެވެ.

ފެބްރުއަރީ މަހުގެ 13 އިން 14 އަށް ބޮޑުވަޒީރު މޯދީ ޔޫއޭއީއަށް ވަޑައިގަތުމަށްފަހު ދޯހާއަށް ވަޑައިގަންނަވާނެ އެވެ. މިދަތުރުގައި އަބޫދާބީގެ ފުރަތަމަ ހިންދޫ ޓެމްޕަލް މާދަމާ މޯދީ ހުޅުއްވައިދެއްވާނެ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *