މިއަދު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި، ފޮރިން މިނިސްޓަރު މޫސާ ޒަމީރާއި ބަންޑާރަ ނައިބު އަހުމަދު އުޝާމް އާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަދި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް ރުހުން ނުދޭން ދަ ޑިމޮކްރެޓްސް އިން ނިންމައިފި އެވެ.
މި ވަޒީރުންނަށް ރުހުން ނުދޭން ޑިމޮކްރެޓްސްއިން ފާސްކޮށްފައިވަނީ މިއަދު ބޭއްވި އެ ޕާޓީގެ ޕީޖީ ގުރޫޕްގެ ބައްދަލުވުމުގައެވެ.
ހަތަރު ވަޒީރަކަށް ރުހުން ނުދޭން ޑިމޮކްރެޓްސްއިން ނިންމާފައިވާއިރު، ވަޒީރުންނަށް ރުހުން ދިނުމާއި ގުޅޭގޮތުން ގޮތެއް ނިންމުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން މިހާރުދަނީ މަޝްވަރާ ކުރަމުންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ވަޒީރުންގެ ތެރެއިން ރުހުން ދިނުމާއި ގުޅޭގޮތުން އެމްޑީޕީގެ ކަންބޮޑުވުން ހުރީ ހައުސިން މިނިސްޓަރ ޑރ. ހައިދަރއާއި ގުޅޭގޮތުންނެވެ.
ތަފްސީލް އަންނަނީ..
ކޮމެންޓު ފޮނުވާ