ލ. އަތޮޅުގައި ޕާސްޕޯޓްގެ ހިދުމަތް ފަށަން ތައްޔާރުވަނީ

ލ. އަތޮޅުގައި ޕާސްޕޯޓްގެ ހިދުމަތް ފަށަން ތައްޔާރުވަނީ

Author
އަހުމަދު
17 ޖެނުއަރީ 2024 07:09
0

ލ. އަތޮޅުގައި ޕާސްޕޯޓްގެ ހިދުމަތް ފަށަން މޯލްޑިވްސް އިމިގްރޭޝަނުން މަސައްކަތް ފަށައިފިއެވެ.

އިމިގްރޭޝަންގެ ވެރިން މިއަދު ވަނީ ފޮނަދޫ ކައުންސިލް މެމްބަރުންނާ ބައްދަލު ކުރައްވައިފައެވެ. މި ބައްދަލު ކުރެއްވުމުގައި ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝައްމާން ވަހީދު ބައިވެރިވެވަޑައިގެންނެވިއެވެ.

އިމިގްރޭޝަނުން ބުނީ މި ބައްދަލުވުމުގައި ލ. އަތޮޅުގައި އިމިގްރޭޝަންގެ ހިދުމަތް ގާއިމުކުރުމާ ގުޅޭ މަސައްކަތްތައް ފެށުމަށް މަޝްވަރާކޮށްފައިވާ ކަމަށެވެ.

އިމިގްރޭޝަނުން މިހާރު ވަނީ ސިޓީތަކުން ޕާސްޕޯޓު ދޫކުރުން ދެގުނައަށް އަވަސްކޮށްފައެވެ. އެއާއެކު، އައްޑޫ ސިޓީ، ކުޅުދުއްފުށި ސިޓީ، ފުވައްމުލައް ސިޓީގެ އިތުރުން ތިނަދޫ ސިޓީގައި ޕާސްޕޯޓްގެ ހިދުމަތް ދޫކުރުން އަވަސްވެގެންދާނެއެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.