ދެ ގަޑިއިރުތެރޭގައި ވޯޓުލީ އެންމެ %4 މީހުން!

ދެ ގަޑިއިރުތެރޭގައި ވޯޓުލީ އެންމެ %4 މީހުން!

Author
އަހުމަދު
13 ޖެނުއަރީ 2024 11:20
0

މާލެ ސިޓީ ކައުންސިލްގެ މޭޔަރު ހޮވުމަށް ބާއްވާ ބައި އިލެކްޝަނާއި އެހެނިހެން ބައި އިލެކްޝަންތަކުގައި މިހާތަނަށް ވޯޓުލީ %4 މީހުން ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފިއެވެ.

މާލޭގެ މޭޔަރުގެ އިތުރުން މާފަންނު ދެކުނު ދާއިރާ އާއި ހެންވޭރު ދެކުނު ދާއިރާ އާއި މެދުހެންވޭރު ދާއިރާގެ މެންބަރު ކަމަށް ކެންޑިޑޭޓަކު އިންތިހާބު ކުރުން އޮންނާނެއެވެ. އަދި މ. މުލަކު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި އިލެކްޝަން ވެސް ކުރިއަށް އެބަދެއެވެ.

އިލެކްޝަންސް ކޮމިޝަނުން އާންމު ކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި 10 ޖެހުމާ ހަމައަށް ވޯޓުލާފައި ވަނީ 2،633 މީހުންނެވެ. އެއީ ވޯޓުލީ މީހުންގެ %4.70 އެވެ. ވޯޓުލާފައި ވަނީ 1،007 އާއި 1،626 މީހުންނެވެ.

މިހާތަނަށް އައިއިރު، ވޯޓު ނުލާ ތިބީ 53،369 މީހުންނެވެ. މި އިންތިހާބުގައި ޖުމްލަ 56،002 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ. އެއީ 28،621 ފިރިހެނުންނާއި 27،381 އަންހެނުންނެވެ.

މާލޭގެ މޭޔަރާއި އެ ކައުންސިލުން ހުސްވެފައިވާ ތިން ގޮނޑިއަކަށް މެމްބަރުން އިންތިހާބު ކުރުމަށް ބާއްވާ ބައި އިލެކްޝަންގެ ވޯޓުލުން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ފެށީ މިއަދު ހެނދުނު 8:00 ގައެވެ. މި އިންތިހާބުގެ ވޯޓުލުން މިއަދު ހަވީރު 5:00 އަށް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މާލޭގެ މޭޔަރަކު ހޮވުމަށް ބާއްވާ ބައި އިލެކްޝަންގައި އާޒިމާ އާއި އާޒިމްއާ އެކުގައި ފަސް ކެންޑިޑޭޓުން ވާދަކުރައްވައެވެ. ދެން މި އިންތިހާބުގައި ވާދަކުރައްވަނީ ޑިމޮކްރެޓްސްގެ ފަރާތުން ކައުންސިލްުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު ސައިފް ފާތިހް (އައިކޮ) އާއި އަމިއްލަ ގޮތުން ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސެން ވަހީދާއި ޝުއައިބު އަލީ އެވެ.

މާލޭގެ މޭޔަރުގެ ގޮނޑި ހުސްވީ އެ މަގާމުގައި ހުންނެވި ރައީސް ޑރ. މުހައްމަދު މުއިއްޒު ރައީސް ކަމަށް އިންތިހާބުވެވަޑައިގެން، ވެރިކަމުގެ ހުވާ ކުރެއްވުމުންނެވެ. އަދި ސިޓީ ކައުންސިލްގެ ތިން ގޮނޑި ހުސްވީ އެ މަގާމުތަކުގައި ތިއްބެވި ބޭފުޅުން ސަރުކާރުގެ މަގާމުތަކަށް ވަޑައިގަތުމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.