ޕާސްޕޯޓު ނަގަން އައިޑީކާޑު ގެންދަން ނުޖެހޭ ގޮތަށް ހަދައިފި

ޕާސްޕޯޓު ނަގަން އައިޑީކާޑު ގެންދަން ނުޖެހޭ ގޮތަށް ހަދައިފި

Author
ހުސެއިން
21 ޑިސެމްބަރ 2023 12:45
0

ފާސްޕޯޓު ހޯދުމަށްޓަކާ އިމިގްރޭޝަނަށް ދާ ފަރާތްތަކުން އައިޑީ ކާޑު ގެންދަން ނުޖެހޭގޮތަށް އިމިގްރޭޝަނުން ހަމަޖައްސައިފިއެވެ.

އިމިގްރޭޝަނުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އިލެކްޓްރޯނިކް ޕާސްޕޯޓާ ވެރިފަރާތުން ހަވާލުވާ ނަމަ އައިޑީ ކާޑު ގެންދަން ނުޖެހޭނެ ކަމަށެވެ. އަދި ނޮން-އިލެކްޓްރޯނިކާއި އިމަޖެންސީ ޕާސްޕޯޓު ދޫކުރާއިރުވެސް ވެރިފަރާތުން ޕާސްޕޯޓާއި ހަވާލުވާން ދާނަމަ އައިޑީކާޑު ގެންދަން ނުޖެހޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ.

އޭގެ އިތުރުން ބެލެނެވެރިން އެފަރާތްތަކުގެ ކުޑަ ކުދިންގެ ފާސްޕާޯޓު ބަލާދާއިރުވެސް މިހާރު އައިޑީ ކާޑު ގެންދާކަށް ނުޖެހެނެއެވެ. އިމިގްރޭޝަންއިން ބުނެފައިވަނީ އައިޑީކާޑުގެ ފޮޓޯއެއް ދެއްކުމުން ޕާސްޕޯޓު ދޫކުރާނެ ކަމުގައެވެ.

އެގެ އިތުރުންވެސް، މަޖުބޫރު އުޒުރެއް އޮވެގެން ވެރިފަރާތް ނޫން އެހެން މީހަކު ޕާސްޕޯޓާ ހަވާލުވާ ނަމަ އިގުރާރު ސިޓީގައި ވެރިފަރާތުގެ އައިޑީކާޑުގެ ސީރިއަލް ނަމްބަރު ޖެހުމަށްފަހު، ޕާސްޕޯޓާ ހަވާލުވުމަށް އަންނަ މީހާގެ އައިޑީ ކާޑުގެ ފޮޓޯއެއް ދެއްކުމުން ޕާސްޕޯޓު ދޫކުރާގޮތަށް އިމިގްރޭޝަންއިން ވަނީ ހަމަޖައްސާފައެވެ.

އިމިގްރޭޝަންއިން ބުނެފައިވަނީ، މި ބަދަލުތައް ގެނައުމަށް ނިންމީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅުގެ ދަށުން ރައްޔިތުންނަށް ހިދުމަތްދިނުމުގައި ވީހާވެސް ލުއިފަސޭހަ ގޮތްތަކެއް ހޯދަވައިދެއްވުމަށް ކަމަށެވެ.

އިމިގްރޭޝަނުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިދިޔަ އަހަރު 56،326 ޕާސްޕޯޓް ހެއްދި އެވެ. އަދި މި އަހަރުގެ ޖޫންމަހުގެ ނިޔަލަށް 32،500 ޕާސްޕޯޓް ހައްދާފައިވެ އެވެ.

މީގެ ކުރިން ޕާސްޕޯޓު ދޫކުރަނީ ވެރިފަރާތަށްވެސް އައިޑީ ކާޑު އޮވެގެންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.