މުއިއްޒުގެ ސައުދީ ދަތުރުފުޅު ފަސްކޮށްފި

މުއިއްޒުގެ ސައުދީ ދަތުރުފުޅު ފަސްކޮށްފި

Author
ހުސެއިން
24 ނޮވެމްބަރ 2023 02:52
0

ރައީސުލްޖުމުހުރިއްޔާ މުހައްމަދު މުއިއްޒުގެ ސައުދީ ދަތުރުފުޅު ފަސް ކޮށްފިއެވެ. ރައީސް މުއިއްޒު ސައުދީ އަރަބިޔާއަށް ފުރާ ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ އިއްޔެއެވެ. އެހެންނަމަވެސް އެމަނިކުފާނު އިއްޔެ ސައުދީއަށް ފުރާވަޑައިގެންފައެއް ނުވެއެވެ.

ރައީސް މުއިއްޒުގެ ސައުދީ ދަތުރުފުޅު ފަސްކޮށްފައިވާކަން ރައީސް އޮފީހުން ހާމަކޮށްފައިވި ނަމަވެސް ދަތުރުފުޅު ފަސްކުރެއްވި ވަކި ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ.

މައުލޫމާތު ލިބިފައިވާ ފޮތުގައި ރައީސް މުއިއްޒުގެ މި ދަތުރުފުޅުގައި ސައުދީ ސަރުކާރާއެކު ވިޔަފާރީގެ އެއްބަސްވުންތަކެއްގައި ސޮއި ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ސައުދީގެ ބައެއް ނޫސްތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި ދިވެހި ސަރުކާރާއެކީ ވިޔަފާރީގެ އެއްބަންސްވުންތަކުގައި ސޮއި ކުރުމަށް، މަޝްވަރާތައް ފެށުމަށް ސައުދީ، އެގައުމުގެ ރަސްގެފާނު ރިޔާސަތު ބެލެހެއްޓެވި ކެބިނެޓު ޖަލްސާއަކުން ވަނީ ރުހުން ދީފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.