ކްރިކެޓް ވޯލްޑްކަޕުގެ ޗެމްޕިއަންކަން އޮސްޓްރޭލިޔާ ހޯދައިފިއެވެ.
ދުނިޔޭގެ ކްރިކެޓްގެ އެންމެ ކާމިޔާބު ގައުމު ތަށި ހޯދީ ފައިނަލުގައި މުބާރާތް ބޭއްވި އިންޑިޔާ ބަލިކޮށްގެންނެވެ. މިއީ މުބާރާތުގައި އިންޑިޔާ ބަލިވި ހަމައެކަނި މެޗުވެސްމެއެވެ.
މި މެޗުގައި ޓޮސް ދިމާވުމުން އޮސްޓްރޭލިޔާ ނިންމީ ހޮވުމަށެވެ. ނަތީޖާއެއްގެ ގޮތުން އެމީހުންގެ ހޮވުން ރަނގަޅު ކަމުން އިންޑިޔާ އަށް އެކަށީގެންވާ ގޮތަށް ލަނޑު ހެދެމުންނުދިޔަ އެވެ. 50 އޯވަރުގެ ތެރޭގައި އެންމެން ނުބައިވެގެން އިންޑިޔާ އަށް ހެދުނީ 240 ލަނޑެވެ. މުބާރާޓުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ވިރާތު ކޯލީ އަށް ވެސް ހެދުނީ އެންމެ 54 ލަނޑެވެ.
އޮސްޓްރޭލިޔާ މެޗު ކާމިޔާބު ކުރީ 43 އޯވަރު ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން 241 ލަނޑު ހަދައިގެންނެވެ. ވަރަށް ގާތްގާތުގައި ފުރަތަމަ ތިން ބެޓްސްމަނުން ނުބައިވުމުން ކުޅެން ނުކުމެ ޓީމު މޮޅު ކޮށްދޭން އެންމެ ރަނގަޅަށް ކުޅުނީ ޓްރާވިސް އެވެ. އޭނާ ވަނީ 137 ލަނޑު ހަދައިފަ އެވެ.
މިއީ އޮސްޓްރޭލިޔާއިން ކްރިކެޓް ވޯލްޑްކަޕް ކާމިޔާބުކުރި ހަ ވަނަ ފަހަރެވެ. ދެން އެންމެ ގިނައިން މި ތަށި ހޯދާފައިވަނީ އިންޑިޔާއެވެ. އެއީ ދެ ފަހަރުއެވެ.
މި މޮޅާއެކު އޮސްޓްރޭލިއާއިން ޗެމްޕިއަންކަން ހޯދިއިރު، މިއީ އެ ޓީމުން މި މުބާރާތް ކާމިޔާބުކުރި ހަވަނަ ފަހަރެވެ. އެގޮތުން އޮސްޓްރޭލިއާއިން ވަނީ މި އަހަރުގެ މުބާރާތުގެ އިތުރުން 1987، 1999، 2003، 2007 އަދި 2015 ވަނަ އަހަރުގެ މުބާރާތް ކާމިޔާބުކޮށްފައެވެ.
ކޮމެންޓު ފޮނުވާ