ރާއްޖެއާއެކު އޮތް ބަދަހި ގުޅުން ދަމަަހައްޓާނަން: މުނޫ މަހާވަރު

ރާއްޖެއާއެކު އޮތް ބަދަހި ގުޅުން ދަމަަހައްޓާނަން: މުނޫ މަހާވަރު

Author
ހުސެއިން
11 ނޮވެމްބަރ 2023 05:50
0

އިންޑިއާއާ ރާއްޖެއާއެކު ދެމި އޮތީ ދެގައުމުގެ ރައްޔިތުންގެ މެދުގައި އޮތް ބަދަހި ގުޅުމެއް ކަމަށާއި، އެގުޅުން އިތުރަށް ތަރައްގީކޮށް އަދި ދެމެހެއްޓުމުގައި އިންޑިއާ ދެމިއޮންނާނޭ ކަމުގައި، އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފަ ހުންނަވާ ސަފީރު މުނޫ މަހާވަރު ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ މިއަދު ފާހަގަ ކުރެވެމުންދާ، ރާއްޖޭގެ 55 ވަނަ ޖުމުހޫރީ ދުވަހުގެ ތަހުނިޔާ ފޮނުވުމަށް ކުރެއްވި ޓުވީޓެއްގައެވެ.

މަހާވަރުގެ ޓުވީޓުގައި ވަނީ ޖުމުހޫރީ ދުވަހުގެ ހެޔޮއެދުންތައް ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް އަރިސްކުރާކަމަށް ވިދާޅުވެފައެވެ.

ފާއިތުވި ރިޔާސީ އިންތިޚާބު އިދިކޮޅު ކެނޑިޑޭޓް ޑރ. މުއިއްޒު ކާމިޔާބު ކުރައްވުމާއެކު ބައެއް ފަރާތްތަކުން ސިފަކުރަމުން އައިސްފައިވަނީ، މުއިއްޒުވެ ވެރިކަމުގައި އިންޑިއާ ރާއްޖޭގެ ގުޅުން ގޯސްވެގެން ދާނެކަމަށެވެ. އެހެންނަމަވެސް މުއިއްޒު ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމަށްފަހު މީޑިއާތަކަށް ދެއްވި އިންޓަވިއުތަކުގައި ވިދާޅުވެފައިވަނީ، އެމަނިކުފާނުގެ ސަރުކާރު ވެގެންދާނީ ހުރިހާ ގައުމަކާއެކީވެސް ގުޅުން ބާއްވާނެ ސަރުކާރަކަށް ކަމުގައެވެ. އެހެންނަމަވެސް ވެރިކަމާ ހަވާލުވެވަޑައިގެންނެވުމާއެކު، ރާއްޖޭގައިތިބި އިންޑިއާ ސިފައިން ރާއްޖެ ދޫކޮށް ދިއުމަށް އަމުރު ކުރައްވާނޭކަމަށްވެސް މުއިއްޒު ވިދާޅުވެފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.