ނަޞްރުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ސިފައިން އެއްޖަމާޢަތެއްގައި ފަތިސް ނަމާދުކޮށްފި

ނަޞްރުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ސިފައިން އެއްޖަމާޢަތެއްގައި ފަތިސް ނަމާދުކޮށްފި

Author
އައިޝަތު އަޙްމަދު
03 ނޮވެމްބަރ 2023 10:53
0
ނަޞްރުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ސިފައިން އެއް ޖަމާޢަތެއްގައި ފަތިސް ނަމާދުކޮށްފިއެވެ.
މިއަދު މަސްޖިދުލް ސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޒަމްގައި ކުރެވުނު ފަތިސް ނަމާދަށް ފަހު ނަޞްރުގެ ދުވަހާ ގުޅޭ ޚާއްޞަ ދުޢާއެއް ކުރުން އޮތެވެ.
ނަޞްރުގެ ދުވަހާއި ގުޅިގެން އިސްލާމީ މަރުކަޒުގައި ފަތިސް ނަމާދު ކުރި ޖަމާޢަތުގައި ޗީފް އޮފް ޑިފެންސް ފޯސް ލެފްޓިނެންޓް ޖެނެރަލް ޢަބްދުﷲ ޝަމާލާއި، ޖެނެރަލް އޮފިސަރުންނާއި، އޮފިސަރުންގެ އިތުރުން ގިނަ އަދަދެއްގެ ސިފައިންނާއި އާންމުންވަނީ ބައިވެރިވެފައެވެ.
ސިފައިންގެ ހުރިހާ އޭރިއާ ކޮމާންޑުތަކެއްގައިވެސް ނަޞްރުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އެއް ޖަމާޢަތެއްގައި ފަތިސް ނަމާދުކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.