ޗައިނާގެ އަންހެން ފަތުރުވެރިޔާ ފުރުވުމާލެވެންދެން އިމިގްރޭޝަންގެ ޑިޓެންޝަން ފެސިލިޓީގައި ބެހެއްޓުމަށް އިމިގްރޭޝަނުން ނިންމައިފިއެވެ.
މިއަދު އިމިގްރޭޝަންއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޗައިނާގެ ރައްޔިތެއް އޭނާއަށް ދޫކޮށްގައިވާ ވިސާގެ މުއްދަތު ހަމަވުމުންވެސް ރާއްޖެއިން ފުރާފައި ނުވާތީއާއި އޭނާގެ އަމަލުތައް މިހާރު އާންމުންނަށް އުދަނގޫވާފަދަ ގޮތަކަށް ހުރިކަމަށެވެ.
މިގޮތުން މިމައްސަލާގައި ކަންއޮތް ގޮތް ސާފު ކޮށްދިނުމަށް އިމިގްރޭޝަންއިން ބުނެފައިވަނީ 2023 އޮކްޓޯބަރ 19 ވަނަ ދުވަހު ޓޫރިސްޓު ފުލުހުން އެ އިދާރާއަށް ބިދޭސީ މީހާ ހަވާލުކޮށްފައިވަނީ އޭނާ އެއަރޕޯޓުގެ ވެއިޓިން އޭރިއާގައި ހުންނަ ގޮނޑިބަރީގައިި ނިދައި އެތަން ބޭނުންކުރާ ފަރާތްތަކަށް އުދަގޫވާގޮތަށް އަމަލުތައް ހުރިކަން ފާހަގަ ކުރެވިގެންނާއި ހަމަ އެދުވަހު އެނބުރި ގައުމަށް ދިއުމަށް ޗެކިންވެ، އިމިގްރޭޝަން ކުލިއަރެންސް ނިމުނު ފަހުން ފްލައިޓަށް އެރުމަށް ދެކޮޅު ހަދާ، ފްލައިޓުން އޮފްލޯޑު ކޮށްފައި ވުމުގެ ކަމުގައެވެ.
ނަމަވެސް މިއިދާރާގެ ޑިޓެންޝަން ފެސިލިޓީގައި އަންހެނުން ބެލެހެއްޓުމުގެ ޚާއްސަ އިންތިޒާމު އަދި ހަމަޖެހިފައި ނުވާތީ، ވީ އެންމެ އަވަސް ފުރުސަތެއްގައި ފުރުމަށް މި ބިދޭސީ ފަރާތަށް ވާނީ އެދުވަހު އަންގާފައެވެ. ނަމަވެސް އޭނާ މިކަމަށް އެއްބާރުލުން ދީފައިނުވާތީ، ދިވެހިރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީގެ އެހީތެރިކަމާއެކު މި ބިދޭސީ ފަރާތުގެ އާއިލާއާއި ގުޅިގެން ރާއްޖެއިން އޭނާ ފުރުވާލުމުގެ އިންތިޒާމު ވީހާވެސް އަވަހަކަށް ހަމަޖައްސައި ދެއްވުމަށް މިހާރު ވާނީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައި އެދިފައެވެ.
އިމިގްރޭޝަންއިން ބުނެފައި ވެއެވެ.
އިމިގްރޭޝަންއިން އިތުރަށް ބުނެފައިވަނީ ބިދޭސީ މީހާ ފުރުވާލުމުގެ މަސައްކަތް ކުރިޔަށްދާ މިދަނޑިވަޅުގައިވެސް، އޭނާގެ އަމަލުތައް އާންމުންނަށް އުނދަގޫވާގޮތަށް ހުރުމުން، ޚާއްސަ އިންތިޒާމެއްގެ ދަށުން މިމަހުގެ 30 ވަނަ ދުވަހުން ފެށިގެން ފުރުވާލުމާއި ހަމައަށް އޭނާ މިހާރު އެ އިދާރާގެ ޑިޓެންޝަން ފެސިލިޓީގައި ބެެހެއްޓުމަށް ނިންމާފައިވާ ކަމުގައެވެ.
ކޮމެންޓު ފޮނުވާ