ހުޅުމާލޭގެ ބިންތަކާ ގުޅޭ މުއާމާލާތްތައް ނުުކުރަން އޭސީސީން އެދިއްޖެ

ހުޅުމާލޭގެ ބިންތަކާ ގުޅޭ މުއާމާލާތްތައް ނުުކުރަން އޭސީސީން އެދިއްޖެ

Author
އަހުމަދު
30 އޮކްޓޯބަރ 2023 02:01
0

އިންތިގާލީ މަރުހަލާގެ ތެރޭގައި އާބަންކޯ އިން ހުޅުމާލޭގެ ބިންތަކަކާ ގުޅޭ ވިޔަފާރީގެ މުއާމަލާތްތައް ނުކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެދިއްޖެއެވެ.

އޭސީސީން އެގޮތަށް އެންގި އިރު، ސަރުކާރު ބަދަލުވަމުންދާ މި މަރުހަލާ ހިނގަމުންދާ ދަނޑިވަޅުގައި އާބަންކޯ އިން ހުޅުމާލޭގެ ބިންތަކަކާ ގުޅޭ ވިޔަފާރީގެ މުއާމަލާތްތަކެއް ނިންމުމަށް މަސައްކަތް ކުރަމުންދާ ކަމަށް ބުނެ، އިންތިހާބީ ރައީސްގެ އޮފީހުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އިންތިހާބީ ރައީސްގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ ސަރުކާރު ބަދަލުވަމުންދާ މި މަރުހަލާ ހިނގަމުންދާ ދަނޑިވަޅުގައި އާބަންކޯ އިން ހުޅުމާލޭގެ ބިންތަކަކާ ގުޅޭ ވިޔަފާރީގެ މުއާމަލާތްތަކެއް ނިންމުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، އެކި މުއާމަލާތްތަކާ ގުޅޭ ތަފާތު 40 އައިޓަމެއް އާބަންކޯ ބޯޑުގެ ދެން އޮންނަ ބައްދަލުވުމަށް އެޖެންޑާކޮށްފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ހުޅުމާލޭގެ ބިންތަކަކީ، ދިވެހި ދައުލަތުގެ ރައުސްމާލުގައި ހިމެނޭ އެންމެ އަގު ބޮޑު 'އެސެޓް’ތައްކަމުން، މި މަރުޙަލާގައި އަވަސް އަރުވާލައިގެން، އެ ބިންތަކާ ގުޅޭ ވިޔަފާރީގެ މުއާމަލާތްތައް ހިންގުމަކީ މި އޮފީހުން ކަންބޮޑުވާ ކަމެއް ކަމަށް ވެސް ޕީޕީއެމް/ޕީއެންސީން ބުނެފައިވެއެވެ. އަދި ވަކީން ޚާއްސަކޮށް، މި މުއާމަލާތްތަކުގެ ތެރޭގައި، ބޭރުގެ ފަރާތްތަކަށް ބިން "ލީޒް"ކުރުމުގެ މުއާމަލާތްތަކެއް ހިމެނޭތީ އެކަމާ މެދު އިތުރަށް ކަންބޮޑުވާ ކަމަށް ބަޔާނުގައިވެއެވެ.

"މީގެ ސަބަބުން އަލަށް ފެށޭ ސަރުކާރުގެ ސިޔާސަތުތައް ހިންގުމަށް ހުރަސްއެޅި، މުޅި ދިވެހި ދައުލަތަށް އެ ކަމުގެ ގެއްލުންލިބުމުގެ ފުރުސަތު އޮންނާނެ އެވެ. ވުމާއެކު، މި މަރުޙަލާގައި މި ފަދަ މުއާމަލާތްތައް މަޑުޖައްސާލައި، ހުރިހާ އިދާރާތަކާއި މުއައްސަސާތަކާއި ކުންފުނިތަކުން، އިންތިގާލީ މަރުޙަލާގެ ރޫހާ އެއްގޮތަށް އަމަލުކުރުމަށް އިލްތިމާސްކުރަމެވެ."ބަޔާނުގައިވެ އެވެ.

އެހެންވެ، އެކަމާ ގުޅިގެން، ހުޅުމާލޭގެ ބިންތަކާ ގުޅޭ އެއްވެސް މުއާމަލާތެއް މި ވަގުތު ނުހިންގަން އާބަންކޯ އަށް އިއްޔެގެ ވަގުތެއްގައި އަންގާފައިވެއެވެ.

އިންތިހާބީ ރައީސްގެ އޮފީހުން ބުނީ މިފަދަ ކަންކަން ހުއްޓުވައި ރައްޔިތުންގެ މަތީ މަސްލަހަތުތައް ހިމާޔަތް ކުރުމަށް ގާނޫނީ ނިޒާމުގެ ތެރެއިން މުއައްސަސާތައް މެދުވެރިކޮށް ކުރަން ޖެހޭ މަސައްކަތްތައް ކުރާނެ ކަމުގެ ޔަގީންކަން ދިވެހިންނަށް އަރުވާ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.