އިންތިޚާބާއި ގުޅޭ 97 މައްސަލައެއް، ބަލަމުން ދަނީ 52 މައްސަލަ

އިންތިޚާބާއި ގުޅޭ 97 މައްސަލައެއް، ބަލަމުން ދަނީ 52 މައްސަލަ

Author
މުޙައްމަދު ޝަޒައިމް
04 އޮކްޓޯބަރ 2023 08:53
0

ރިޔާސީ އިންތިޚާބާއި ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅި މައްސަލަތަކުގެ ތެރެއިން 52 މައްސަލައެއް ބަލަމުން އަންނަ ކަމަށް އެކޮމިޝަނުން ހާމަކުރައްވައިފިއެވެ.

އޭސީސީން ވިދާޅުވީ، ރިޔާސީ އިންތިހާބާ ގުޅިގެން އެ ކޮމިޝަނަށް ހުށައަޅާފައިވާ މައްސަލަތަކުގެ ޖުމަލް އަދަދަކީ 97 ކަމަށެވެ. އިންތިހާބާ ގުޅިގެން މިހާތަނަށް ސީދާ ސިޔާސީ ޕާޓީތަކުން އެ ކޮމިޝަނަށް ހުށައަޅާފައިވަނީ ޖުމްލަ ތިން މައްސަލައެއް ކަމަށް ވިދާޅުވިއެވެ.

އަދި އިލެކްޝަންސް ކޮމިޝަންގެ ނޭޝަނަލް ކޮމްޕްލެއިންސް ބިއުރޯއިން ފަސް މައްސަލަ، އަމިއްލަ ފަރުދުން 27 މައްސަލަ، ދައުލަތުގެ އިދާރާތަކުން އެއް މައްސަލަ، އަދި ކާކުކަން ނޭނގޭގޮތަށް 61 މައްސަލަ މިކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށް ވަނީ ވިދާޅުވެފައެވެ.

އެ ކޮމިޝަނަށް ހުށަހެޅި 97 މައްސަލައިގެ ތެރޭގައި، އެއްކަމަކާއި ގުޅޭ ޝަކުވާ ރިޕީޓްކޮށް ހުށަހަޅާފައިވާކަން ފާހަގަކުރެވޭ ކަމަށް އޭސީސީން ވިދާޅުވެއެވެ. އަދި ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން 52 މައްސަލައެއް ރަޖިސްޓްރީކޮށް ބަލަމުންގެންދާ ކަމަށް ވިދާޅުވިއެވެ.

ރަޖިސްޓްރީ ކުރި މައްސަލަ ތަކުގެ ތެރޭގައި ހިމެނެނީ އިންތިހާބީ ރިޝްވަތުގެ 36 މައްސަލައާއި ނުފޫޒު ފޯރުވުމުގެ 11 މައްސަލައާއި އަދި ދައުލަތުގެ މުދަލާއި ވަސީލަތްތައް ބޭނުންކުރުމުގެ ފަސް މައްސަލަ ކަމަށް އޭސީސީން ވިދާޅުވިއެވެ.

ނިމިދިޔަ ރިޔާސީ އިންތިހާބުގައި ސަރުކާރުން ދައުލަތުގެ ވަސީލަތްތައް ބޭނުންކުރިކަމުގެ ތުހުމަތު އިދިކޮޅު ފަރާތްތަކުން ވަނީ ކޮށްފައެވެ. އަދި ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް ވަޒީފާގެ ބިރު ދައްކައިގެން ވަކި މީހަކަށް ވޯޓުލުމަށް އަންގަމުންދިޔަ ކަމަށް ވެސް ތުހުމަތުކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.