ހއ. ހޯރަފުށީ އެއަރޕޯރޓް ޖެޓީ ހެދުމުގެ މަޝްރޫޢުގެ މަސައްކަތް ނިމިއްޖެއެވެ.
އެމްޓީސީސީން ހޯރަފުށީގައި ތަރައްޤީކުރި އެއަރޕޯޓާއިއެކު ރާއްޖޭގެ އެންމެ އުތުރުގައި އޮންނަ ރަށްތަކަށް ވަނީ ދަތުރު ފަތުރުކުރުމުގައި ވަރަށް ބޮޑު ކުރިއެރުމަކާއި ތަސައްލީއެއް ލިބިފައެވ. އެގޮތުން މޫސުން ގޯސް ދުވަސްވަރު ގަދަ ގައްލަންދޫ ކަނޑު ހުރަސްކޮށް ހަނިމާދޫ އެއަރޕޯޓަށް ހއ. ހޯރަފުށްޓާއ،ި ހއ.އިހަވަންދޫއާއ،ި ހއ. ތުރާކުނާއ،ި ހއ. އުލިގަމާއި އަދި ހއ.މޮޅަދޫގެ ރައްޔިތުން ކުރި ދަތުރުތަށް ވަނީ މިހާރު މާޒީވެގެންގޮސްފައެވެ.
އަދި އެއަރޕޯޓާއިއެކު 10,000 ރައްޔިތުންގެ އާބާދީއެއް އޮންނަ މި ސަރަހައްދަށްވަނީ އިޤްތިޞާދީ އަދި އިޖްތިމާއީ ދިރުން ގެނުވާފައެވެ. ނަމަވެސ،ް ހޯރަފުށި އެއަރޕޯޓަށް ކައިރި އެހެން ރަށްތަކުގެ ރަށްވެހިން ދަތުރުކުރުމުގައި ހޯރަފުށި ބަނދަރު ބޭނުންކުރަންޖެހުމުން، އެއަރޕޯޓްއަށް ދިއުމަށްޓަކައި އިތުރު އެއްގަމު ދަތުރެއްގެ ހޭދަ އޮންނަނީ ކުރަންޖެހި ފައެވެ. މީގެ މައިގަނޑު ސަބަބަކީ އެއަރޕޯޓާއި ބަނދަރާއި ފުދޭވަރަކަށް ދުރުވުމުވެ.
އެހެންކަމުން ނިމިގެން މިދިޔަ ހޯރަފުށީ އެއަރޕޯޓް ޖެޓީ ހެދުމުގެ މަޝްރޫޢުގެ ސަބަބުން ހޯރަފުށި ކައިރީގައިވާ ހުރިހާ ރަށެއްގެ ރައްޔިތުންނަށް އިތުރު ދަތުރެއް ނުކޮށް ސީދާ އެއަރޕޯޓްއަށް އާދެވޭނެއެވެ. މިއ،ީ މި އެއަރޕޯޓް ބޭނުންކުރަމުންދާ ހުރިހާ ފަރާތްތަކަށް ގިނަގުނަ ލުއިފަސޭހަތަކެއް ލިބޭނެކަމެއްގެ ގޮތުގައި އެމްޓީސީސީން ޤަބޫލުކުރެއެވެ.
މި މަޝްރޫޢުގެ ދަށުނ،ް 18,000 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއ،ި 44 މީޓަރުގެ އެއްގަމުތޮށި ލުމާއި، އެލް ބްލޮކް ބޭނުންކޮށްގެން ޖެޓީއެއް ހެދުމާއ،ި 49 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމެންޓް ޖަހާ ޖެޓީ ސަރަޙައްދު ހިމާޔަތް ކުރުމާއި، 51,587 ކިއުބިކް މީޓަރުގެ ޖެޓީ ސަރަޙައްދުގެ ބިން ހިއްކުމާއ،ި ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.
ވޭތުވެދިޔަ 42 އަހަރުތެރޭ އެމްޓީސީސީން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަޝްރޫޢުތަކެއް ނިންމާފައެވެ. 1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްޤީގެ ދަތުރުގެ މުހިއްމު މަރުޙަލާއެއްގައެވެ. ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ ޢުމްރާނީ ތަރައްޤީ އާއި އިޖުތިމާޢީ ވަޞީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.
ހއ. ހޯރަފުށީ އެއަރޕޯރޓް ޖެޓީ ހެދުމުގެ މަޝްރޫޢަކީ 5.65 މިލިއަން ރުފިޔާއަށް ސަރުކާރުން އެމްޓީސީސީއާއި ހަވާލުކޮށްފައިވާ މަޝްރޫޢުއެކެވެ.
ކޮމެންޓު ފޮނުވާ