ކެމްޕެއިނާ ގުޅޭ 7 މައްސަލަ، އިންތިޚާބީ ކޮރަޕްޝަނާ ގުޅޭ 29 މައްސަލަ އޭސީސީއަށް

ކެމްޕެއިނާ ގުޅޭ 7 މައްސަލަ، އިންތިޚާބީ ކޮރަޕްޝަނާ ގުޅޭ 29 މައްސަލަ އޭސީސީއަށް

Author
އައިޝަތު އަޙްމަދު
13 ސެޕްޓެމްބަރ 2023 10:54
0

ރިޔާސީ އިންތިޚާބުގެ ކެމްޕެއިނާއި ގުޅުންހުރި 7 މައްސަލައެއް ބަލަމުން އަންނަކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ބުނެފިއެވެ.

އޭސީސީން ބުނީ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންއާއި ގުޅިގެން އޭސީސީއަށް ހުށައަޅާފައިވާ މައްސަލަތަކުގެ ތެރެއިން 7 މައްސަލައެއް އެ ކޮމިޝަނުން ވަނީ ބަލަން ފަށާފައިކަމަށެވެ.  އިންތިާޚބީ ކޮރަޕްޝަންގެ މައްސަލަތުގެ ގޮތުގައި 29 ޝަކުވާއެއްވެސް އެކޮމިޝަނަށް ލިބުފައިވާކަަމަށް އޭސީސީން ބުންޏެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕެއިނާ ގުޅޭ މައްސަލަތަކެއް ބަލާވާހަކަ އޭސީސީން ބުނެފައިވާއިރު، ކެމްޕެއިންގައި ދައުލަތުގެ މުދަލާއި ވަސީލަތް އަދި މުވައްޒަފުން އެމްޑީޕީން ބޭނުންކުރާކަަމުގެ ތުހުމަތު އިދިކޮޅާ އެހެން ބައެއް ޕާޓީތަކުން ދަނީ ކުރަމުންނެވެ.

އިންތިޚަބާއި ގުޅޭ ޝަކުވާއާއި މައްސަލަ ހުށައެޅުމަށް އޭސީސީން ވަނީ ޚާއްޞަ ޕޯޓަލެއް ޤާއިމްކޮށްފައެވެ. މިޕޯޓަލް މެދުވެރިކޮށް މައްސަލަ ހުށަހަޅާ ފަރާތުގެ މަޢުލޫމާތު ސިއްރުކޮށްދެވޭގޮތަށް އިންތިޒާމުކުރެވިފައިވީ ނަމަވެސް މައްސަލައިގެ އަޕްޑޭޓް ފޯރުކޮށްދެވޭނީ ކާކުކަން އެނގޭގޮތަށް މައްސަލަ ހުށަހަޅާ ފަރާތްތަށް އޭސީސީން ބުނެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.