ހުރިހާ ރައްޔިތުންވެސް ދުޢާކުރުން މަތީ ދެމި ތިބުމަށާއި، މިއިންތިޚާބު ކާމިޔާބު ކުރައްވާނީ ޑރ.މުހައްމަދު މުއިއްޒުކަމަށް ދީނީ އިލްމުވެރިޔާ ޝައިޚު އަލީ ޒައިދު ވިދާޅުވެއްޖެއެވެ.
ޝައިޚު ޒައިދަކީ އިންތިޚާބަށް ފަސް ވަރަކަށް ދުވަހަށް ވެފައި ވަނިކޮށް ޑރ.މުއިއްޒަށް ތާއީދުކުރެއްވިކަން ހާމަކުރެއްވި އިލްމުވެރިއެކެވެ. ޒައިދު މުއިއްޒުއަށް ތާއީދު ކުރުމުން ބައެއް މީހުންގެ ބޮޑެތި ފާޑުކިޔުން އަމާޒުވިއެވެ. ނަމަވެސް ވަރަށް ސާބިތު ކަމާއިއެކު ޒައިދު ވިދާޅުވީ ބަލިވިޔަސް ހުންނަވާނީ ޑރ. މުއިއްޒާއި އެކުގައި ކަމަށެވެ.
އިންތިޚާބުގެ ނަތީޖާ މިހާރު ދައްކާގޮތުން ވަރަށް ބޮޑު ތަފާތަކުން ކުރީގައި އުޅުއްވަނީ ޑރ.މުއިއްޒުއެވެ. ޒައިދު ވަނީ މިދަނޑިވަޅުގައި ހުރިހާ ރައްޔިތުންވެސް މުއިއްޒަށް މިއިންތިޚާބު ކާމިޔާބު ކޮށްދެއްވުމުގައި ދުޢާ އިސްކުރެއްވުމަށް އިލްތިމާސް ކުރައްވާފައެވެ.
މާތް ރަސްކަލާންގެ ރަޙުމަތް ވަރަށް ތަނަވަސް! އަދިވެސް ދުޢާ ކުރައްވާ! މާތް ރަސްކަލާނެގެ އިރާދަފުޅާއިއެކު މިކަން ކާމިޔާބު ކުރައްވާނީ ޑރ.މުއިއްޒު.
– ޒައިދު ވިދާޅުވިއެވެ.
ޝައިޚު ޒައިދުގެ އިތުރުން ދީނީ ގިނަ އިލްމުވެރިން މިއިންތިޚާބުގައި ތާއީދު ކުރީ ޑރ.މުއިއްޒުއަށެވެ. މުއިއްޒުގެ އިލްމާއި ތަޖުރިބާއާއި އަޚުލާގަށް ބަލާއިރު މިއިންތިޚާބުގައި ކުރިމަތިލައްވާފައިވާ އެންމެ ޤާބިލް ކެންޑިޑޭޓަކީ ޑރ.މުއިއްޒުކަމަށް ދީނީ އިލްމުވެރިން ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ