ވޭމަންޑޫއާއި ކިނބިދޫ ގުޅާލައި މުއިއްޒުގެ އުންމީދޫ މެސެޖުތަކެއް!

ވޭމަންޑޫއާއި ކިނބިދޫ ގުޅާލައި މުއިއްޒުގެ އުންމީދޫ މެސެޖުތަކެއް!

ތ.ވޭމަންޑޫއާއި، ކިނބިދޫ ގުޅާލަން ރައީސް ޔާމީން ވެވަޑައިގެންފައިވާ ވައުދު ހަގީގަތަކަށް ހަދައި ދޭނެކަމަށް ޕީޕީއެމް/ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރިޔާސީ ކެމްޕެއިނަށް މިއަދު ހެނދުނު ތ. ވޭމަންޑޫއަށް ވަޑައިގެން އެރަށު ސަޕޯޓަރުންނާއި ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، ވޭމަންޑު އާއި ކިނބިދޫ ގުޅުވާލުމަކީ، ރައްޔިތުން ބޭނުންވާ ކަމެއް ކަމަށާއި، އެއީ ކުރީގެ ރައީސްޔާމީންވެސް 2018ގެ ވައުދެއް ކަމަށެވެ.

މި ދެރަށް ގުޅާލުމާއި ބިން ހިއްކުމުގެ މަޝްރޫއަކީ ދެކޮޅު ޖެހޭ ސިޔާސަތެއްގެ ގޮތެއްގެ ގޮތުގައި، އެއީ ހަރަދަކަށްވުރެ ނަފާ އަނބުރާ ލިބޭ ބޮޑު އިންވެސްޓްމެންޓެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ފެންނަނީ.

– މުއިއްޒު ވިދާޅުވިއެވެ.

ވޭމަންޑޫއަށް މުއިއްޒު ވެވަޑައިގެންނެވި ބައެއް ވައުދުތައް:

– މަގުތައް ހަދާދޭނަން
– ރަނގަޅު ފެންވަރުގެ ބަނދަރެއް ހަދާދޭނަން
– ސިއްޚީ ނިޒާމު ހަރުދަނާކުރާނާކުރާނަން
– ވޭމަންޑު ކިނބިދޫ ގުޅާލުން
– ބިން ހިއްކަދޭނަން

މުއިއްޒު ވިދާޅުވީ، ވޭމަންޑޫއަކީ އެއް ބުރުން އިންތިހާބު ކާމިޔާބު ކުރުމަށް ނަތީޖާ ނެރެވޭނެ ރަށެއް ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ. އަދި މިރަށުގެ ތަރައްގީއަށްޓަކައި ވަރަށް ގިނަ ކަންކަން ކުރުމަށް ގަސްތު ކުރައްވާކަން ފާހަގަކުރައްވަމުން މުއިއްޒު ވިދާޅުވީ، މިރަށަކީ ތަރައްގީއަށް ލޯބި ކުރާ، އަދި އިގްތިސޯދީ ފުރުސަތު އޮތް މުހިންމު ރަށެއް ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *