ދެވަނަ ދައުރެއް ލިބިއްޖެނަ، ދައުރު ނިންމާފަ ސިޔާސީ މަސައްކަތާއި ދުރަށްދާނަން: ރައީސް

ދެވަނަ ދައުރެއް ލިބިއްޖެނަ، ދައުރު ނިންމާފަ ސިޔާސީ މަސައްކަތާއި ދުރަށްދާނަން: ރައީސް

Author
މުޙައްމަދު ޝަޒައިމް
02 ސެޕްޓެމްބަރ 2023 12:51
0

ރިޔާސީ އިންތިޚާބު ކާމިޔާބުކުރެވި ރިޔާސީ ދެވަނަ ދައުރެއް ލިބިއްޖެނަމަ، ވެރިކަން ކުރެއްވުމަށްފަހު ސިޔާސީ މަސައްކަތުން ރިޓަޔާ ކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

"ރާއްޖެ ޓީވީ"ގެ ޕްރޮގުރާމެއްގައި ވާހަކަ ދައްކަވަމުން ރައީސް ޞާލިހު ވިދާޅުވީ ދެވަނަ ދައުރަށްފަހު ސިޔާސީ އިތުރު މަސައްކަތްޕުޅެއް ނުކުރައްވާނެ ކަމަށެވެ. ސިޔާސީ މަސައްކަތުން ރިޓަޔާ ކުރެއްވި ނަމަވެސް ކުޑަ ދުވަސްކޮޅަކު ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ދެމިހުންނަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ވޮލެންޓިއާ ބައެއް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

އަންނަ ދައުރު ނިމުނީމަ އަޅުގަނޑު ސިޔާސީ މަސައްކަތުން ރިޓަޔާ ކުރާނީ. ސިޔާސީ އިތުރު މަސައްކަތެއް މި ދައުރަށްފަހު އަންނަ ދައުރަށް ފަހު އަޅުގަނޑުގެ ނޯންނާނެ. އެކަމަކު ރައްޔިތުންނަށް ކޮށްދެވޭނެ ބައެއް މަސައްކަތް ހުންނާނެ ވޮލެންޓިއާކޮށް، އަޅުގަނޑުގެ ވިސްނުމުގަ ހުރީ އެކަހަލަ މަސައްކަތެއް ފަށައިގެން ރައްޔިތުންނަށް ހިދުމަތް ކުރަން ދުވަސްކޮޅަކު ހުންނަން.

– ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ ވެރިކަމުގެ މި ފަސް އަހަރު ތެރޭގައި އެމަނިކުފާނަށް އައި ބައެއް ބަދަލުތައް ވެސް ހިއްސާކުރައްވާފައެވެ. އެންމެ ބޮޑު މައްސަލައަކީ އާއިލާއަށް ވަގުތު ނުދެވުން ކަމަށް ފާހަގަކުރެއްވިއެވެ. އެމަނިކުފާނަކީ ދަރިން އެންމެ ކުޑައިރުން ފެށިގެން ވެސް އަބަދު ކައިރީގައި ހުންނަވާ ބޭފުޅެއް ކަމަށާއި މިހާރު އެ ވަގުތު ނުދެއްވޭ ކަމަށް ވިދާޅުވިއެވެ.

އަންނަ ހަފުތާގައި ރިޔާސީ އިންތިޚާބު ބާއްވާއިރު އެ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގައި އެމަނިކުފާނަށް މި އިންތިޚާބު އެއްބުރުން ކާމިޔާބު ކުރެއްވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވަނީ ވިދާޅުވެފައެވެ. ރައީސް ވިދާޅުވީ އެމަނިކުފާނަށް އެއްބުރުން މި އިންތިޚާބު ކާމިޔާބު ކުރެއްވޭނެކަން އެނގެނީ ސާވޭތަކުން ކަމަށެވެ. މި ތަފާތު ގޮތްތަކަށް ސާވޭތައް ހަދަމުން އަންނަތާ ދުވަސްތަކެއް ވެފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ހ ހާއުފާ
ދެވަނަ ދައުރެއް މިހާރުއޮތީ ކަށަވަރުވެފަނު. ދެން ތިޔަދައްކަނީ ކޮންވާހަކައެއް.
ދ ދެބޯގެރި
ދެވަނަދައުރެއް ކީއްކުރަންތޯ އެއްވަނަ ދައުރުގާވެސް ތިހުރީ މިހށރު ރައިއްޔަތުން ނުކުމެ ރެޓިޔާކޮށްފަ.
އ އާމިނާ
Hus holhi vaahaka.