ދައުލަތުގެ މުދާ ނަހަމަ ގޮތުގައި ބޭނުންކުރާ މައްސަލައަކާއިއެކު، އޭސީސީއަށް 20 މައްސަލަ

ދައުލަތުގެ މުދާ ނަހަމަ ގޮތުގައި ބޭނުންކުރާ މައްސަލައަކާއިއެކު، އޭސީސީއަށް 20 މައްސަލަ

އަންނަ މަހުގެ 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މިހާތަނަށް ހުށަހަޅާފައިވަނީ ޖުމްލަ 20 ޝަކުވާއެއް ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

އޭސީސީން ބުނީ އިންތިހާބާ ބެހޭގޮތުން މިހާތަނަށް ހުށަހެޅުނު 20 ޝަކުވާގެ ތެރެއިން ރަޖިސްޓްރީ ކޮށްފައިވަނީ ހަތަރު މައްސަލަ ކަމަށާއި ބާކީ 14 މައްސަލަ ބަލައިގަނެފައި ނުވާ ކަމަށެވެ. މީގެ ތެރޭގައި ދައުލަތުގެ މުދާ ނަހަމަ ގޮތުގައި ބޭނުން ކުރުމާއި ގުޅޭ މައްސަލައެއްވެސް ހުށަހެޅި ބަލަމުންދާ ކަމަށް އޭސީސީން ވަނީ ބުނެފައެވެ.

ރިޔާސީ އިންތިހާބަށް 9 ދުވަހަށް ވެފައިވާއިރު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ގާއިމުކުރި ގައުމީ ކޮމްޕްލެއިންޓްސް ބިއުރޯއަށް މިހާތަނަށް ހުށަހަޅާފައިވަނީ ޖުމްލަ 18 މައްސަލައެއް ކަމަށް އެ ކޮމިޝަނުން ކުރިން ވަނީ ބުނެފައެވެ. ރިޔަސީ އިންތިޚާބަށް ނުފޫޒު ފޯރުވުމާއި ކޮރަޕްޝަންގެ ގޮތުގައި އެކި ޢަމަލު ހިންގުމާއި، ދައުލަތުގެ ނުފޫޒު ބޭނުންކޮށްގެން ކެމްޕޭން ކުރަމުންދާކަމުގެ ކަންބޮޑުވުން އިދިކޮޅު ޕީޕީއެމްއާއި ޖޭޕީންވެސް ތަކުރާރުކޮށް ގެންދަނީ ފާޅު ކުރަމުންނެވެ.

އޭސީސީއިން އިންތިހާބާ ގުޅޭ ހަތަރު މައްސަލައެއް ރަޖިސްޓްރީ ކޮށްފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އުފެއްދެވި ދަ ޑިމޮކްރެޓްސްއާ ގުޅުނު ދެ މަޖިލިސް މެމްބަރަކު އެ ޕާޓީ ދޫކޮށް އެނބުރި އެމްޑީޕީއަށް ދިއުމާއެކު ރިޝްވަތުގެ ތުހުމަތުކޮށް މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ނަޝީދު ވަނީ ފުލުހުންނަށް މައްސަލައެއް ހުށަހަޅާފައެވެ. ނމަަވެސް އެމައްސަލަވެސް ފުލުހުން ވަނީ ނުބެލޭނެ މައްސަލަތަކެއް ކަަމަށް ނިންމާފައެވެ.

އެމްޑީޕީއާ އަލުން ގުޅިވަޑައިގެންފައި ވަނީ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފު އަދި ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާންއެވެ. އަދި ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ވަނީ އެމްޑީޕީ ދޫކޮށް، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު މުހައްމަދު މުއިއްޒަށް ތާއިދު ކުރައްވައިފައެވެ.

ނަޝީދު ވަނީ ޔާސިރު އާއި ޝިޔާން އަލުން އަނބުރާ އެމްޑީޕީއަށް ގެނައުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދައުލަތުގެ ފައިސާ ބޭނުންކުރައްވައިގެން ރިޝްވަތު ދީފައިވާ ކަމަށް ވަރަށް ފާޅުގައި ވިދާޅުވެފައެވެ. ނަމަވެސް ރައީސް ޞާލިހު ވިދާޅުވެފައިވަނީ އެއްވެސް މެމްބަރަކު ގެނައުމުގައި ރިޝްވަތުދީ ފައިސާގެ އެއްވެސް މުޢާމަލާތެއް ހިންގާފައި ނުވާނެކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *