ޤާސިމް ބައިވެރިވާ ޖޭޕީގެ ކުއްލި ކައުންސިލް ބައްދަލުވުމެއް މިއަދު

ޤާސިމް ބައިވެރިވާ ޖޭޕީގެ ކުއްލި ކައުންސިލް ބައްދަލުވުމެއް މިއަދު

Author
މުޙައްމަދު ޝަޒައިމް
02 އޮގަސްޓް 2023 11:36
0

ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ޤާސިމް އިބްރާހިމް ބައިވެރިވެ ވަޑައިގަންނަވާ ކުއްލި ކައުންސިލް ބައްލުވުމެއް މިއަދު ބާއްވަން ހަމަޖެހިއްޖެއެވެ.

ޖޭޕީގެ ކައުންސިލް ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދު 14:00 ގައެވެ. މިބައްދަލުވުމަކީ ޖޭޕީގެ ރިޔާސީ ކެނޑިޑޭޓް ޤާސިމް އިބްރާހިމް އިންތިޚާބާއި ގުޅޭގޮތުން މުހިންމު މަޝްވަރާއެއް ކުރުމަށް ބާއްވާ ބައްދަލުވުމެކެވެ. މިބައްދަލުވުން އޮތީ މީޑިއާތަކަށް ހުޅުވާލާ ގޮތަކަށް ނޫނެވެ.

ޖޭޕީގެ ފަރާތުން ޤާސިމް ވާދަކުރައްވަނެކަމަށް އިއުލާންކޮށް، ކެމްޕޭންވެސް ދަނީ ކުރައްވަމުންނެވެ. ނަމަވެސް ރަސްމީކޮށް ޤާސިމްއަދި ކެމްޕޭންގައި ބައިވެރިވެ ވަޑައި ނުގަންނަވައެވެ.

އިންތިޚާބަށް ކުރިމަތިލުމަށް ހުޅުވާލާފައިވާއިރު، މިހާތަނަށް އަދި ޤާސިމް ފޯމު ހުށަހަޅުއްވަފައި ނުވެއެވެ. އަދި ރަނިންމޭޓަކުވެސް ކަނޑައަޅާފައި ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.