ޒައިދު، ޕީޕީއެމްއަށް: އިންތިޚާބު ނިމޭފަހުންވެސް ވިދާޅުވާނީ ކެނޑިޑޭޓަކީ ޔާމީން ކަމަށްތޯ؟

ޒައިދު، ޕީޕީއެމްއަށް: އިންތިޚާބު ނިމޭފަހުންވެސް ވިދާޅުވާނީ ކެނޑިޑޭޓަކީ ޔާމީން ކަމަށްތޯ؟

Author
މުޙައްމަދު ޝަޒައިމް
23 ޖުލައި 2023 02:21
0

ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ނިމޭފަހުންވެސް އިދިކޮޅު ޕީޕީއެމް އިން ވިދާޅުވާނީ ރިޔާސީ ކެނޑިޑޭޓަކީ ރައީސް ޔާމީންކަމަށްތޯ ވިދާޅުވެ ޝައިޚު އަލީ ޒައިދު ސުވާލު އުފައްދައިފިއެވެ.

ޕީޕީއެމްގެ ރިޔާސީ ޓިކެޓް ރައީސް ޔާމީނަށް އަރުވާފައިވީނަމަވެސް ވ. އާރަށް ކުއްޔަށް ދިނުމުގައި ރިިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑަރިންގ ދައުވާ ސާބިތުވެ، އެމަނިކުފާނު ތަންފީޒުކުރަމުންދާ ހުކުމުގެ ސަބަބުން ރިޔާސީ އިންތިހާބަށް އެމަނިކުފާނުގެ ކެނޑިޑަސީ ބަލައިގަންނާނެކަމާމެދު ވަނީ ސުވާލު އުފެދިފައެވެ.

މިމައްސަލާގައި ޒައިދު ވިދާޅުވީ އިންތިޚާބަށް ހުޅުވާލާފައިވާއިރު، އަދިވެސް ކެނޑިޑޭޓަކީ ޔާމީންކަމަށް ޕީޕީއެމްއިން ވިދާޅުވާކަމަށެވެ. އަދި ކުރިއަށް އޮތް އިންތިޚާބު ނިމިގެންދާއިރުވެސް ކެނޑިޑޭޓަކީ ޔާމީންކަމަށް ވިދާޅުވެލައްވަން ތިއްބަވާނީތޯ ޒައިދު ވަނީ ސުވާލު އުފައްދާފައެވެ.

ޕީ.ޕީ.އެމް! އިންތިޚާބު ނިމޭފަހުންވެސް ތިޔަބޭފުޅުން ހަމަ ވިދާޅުވާނީ ކެނޑިޑޭޓަކީ ރައީސް ޔާމީން ކަމަށްތޯއެވެ؟

– ޒައިދު ވިދާޅުވިއެވެ.

ކުރީގެ ރައީސް، ޔާމީން އަބްދުލްޤައްޔޫމްގެ އިންތިޚާބީ ހައްޤުތައް ގެއްލިފައިވާކަމަށް ވިދާޅުވެ، އެ ހައްގުތައް ކަށަވަރުކޮށްދެއްވުން އެދި އެމަނިކުފާނު ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ވަނީ ހުށަހަޅުއްވާފައެވެ. ރައީސް ޔާމީންގެ ވަކީލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އާދަމް ޝަމީމް މިރޭ ވިދާޅުވީ ރައީސް ޔާމީންގެ ފަރާތުން މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ މިރޭގެ ވަގުތެއްގައިކަމަށެވެ.

ޝަމީމް ވިދާޅުވީ ރައީސް ޔާމީންގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅުއްވާފައިވާ އިސްތިޢުނާފީ މައްސަލަތައް ނުނިމި ދިގުލައިގެންދިއުމުގެ ސަބަބުން ރައީސް ޔާމީންގެ އެތަކެއް އަސާސީ ޙައްޤުތަކާއި އިންތިޚާބީ ޙައްޤުތަކަށް ހުރަސް އެޅެމުންދާކަމަށެވެ. އެހެންކަމުން ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހެޅުއްވީ އެ ޙައްޤުތައް ކަށަވަރުކޮށްދިނުމަށްޓަކައިކަމަށް ޝަމީމް ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ފަރާތުން މި މައްސަލަ ކޯޓަށް ހުށަހަޅުއްވާފައި މިވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ފޯމް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ދަނޑިވަޅެއްގައެވެ. ނަމަވެސް ރައީސް ޔާމީންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިގަތްކަމެއް ހާމައެއް ނުކުރައްވައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އިބްރާހީމް މުހަންމަދު ސޯލިޙް
ޔާމިނަކީ ޗެލެންޖެއް ނޫން. އެކަމު ޕީ،ޕީ،އެމް އަކީ ޗެލެންޖެއް ކޮންމެސްވަރެއްގެ. ގައިދީ ޖަލުގައޮވެ ޕާޓީ ކުދިންކޮޅައް ކިހާބޮޑު ލަޑެއްތޯ ތިދެނީ.. ޔާމިނުގެ ސައިޒު 2018 ގެ އިންތިހާބުގަ ވެރިކަމުގެ އާރާއި ބާރުގަނެގި ވޯޓުން ހާމަވޭ. ބޑުތަނުން ބަލިފުޅުވީމަ ގޮތެއްފޮތެއް ހުރިމީހެއްވީޔާ ޕާޓީގެ ކޮންމެސް އެހެންބޭފުޅަކައް ފުރުސަތުދީގެންވިޔަސް އިންތިހާބުގަ ބައިވެރިވާނީ އެމް،ޑީ،ޕީ އިން 2018 ގައި ކަންކުރިގޮތައް.. ހަގީގަތަކީ ޕާޓީ ގަނޑުގަ 30000 މީހުންވެސް ހަމަނުވާ ބަޔަކައް ކިހިނަކުންތޯ 50000 ވޯޓު ގަނޑުވެސް ހޯދާނީ.. ޔާމިނު ޖަލުގައޮވެ އޮންނާނެ ހިނިފުޅުވަން ޕާޓީ ކުދިންކޮޅައް މިވަރުގެ ބޮޑު ކެއްސެއްދީފަ..
ކ ކެނެރީ
މިއީ ދީނީ އިލްމުވެރިއެއްތޯ ނޫނީ ސިޔާސީ ބަހުލީލެއްތޯ