ސުވިޑްގައި ގުރުއާން އަންދާލި މައްސަލާގައި، ސައުދީގައި ހުންނަ އެގައުމުގެ އެމްބަސީގެ ޗާރޖް ޑީ’އެފެއާޒް ފޮރިން މިނިސްޓްރީއަށް ހާޒިކުރަން ނިންމާ، އެއަމަލު ހިންގި ފަރާތްތަކާއި ދެކޮޅަށް އެކަށީގެންވާ ފިޔަވަޅު އެޅުމަށް ސައުދީ ސަރުކާރުން ގޮވާލައިފިއެވެ.
ސައުދީ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ "ކީރިތި ޤުރުއާނަށް ޙުރުމަތް ކުޑަކޮށް، އަދި ޤުރުއާން އަންދާލުމުގެ ފުރުސަތު، ސުވިޑްންގެ ސަރުކާރުގެ ހައްދުފަހަނައެޅި އޮފިޝަލުން ދެމުންދާ ދިއުމަށްކީ ދެކޮޅު ހަދާ، އަދި ބަލައި ނުގަންނާނޭ އަމެއްލެއް" ކަމުގައެވެ.
ސައުދީ ފޮރިން މިނިސްޓްރީން ބުނެފައިވަނީ "ތަކުރާރުކޮށް ހިންގަމުންދާ މި އަމަލަކީ އެތައް މުސްލިމުންނެއްގެ އިހުސާތަކާއި ދެކޮޅަށް އަދި އެމީހުން ރުޅި އެރުވުމުގެ މަގުސަދުގައި" ހިންގަމުންދާ އަމަލެއް ކަމުގައެވެ.
ޤުރުއާން އެންދުމާއި ދެކޮޅަށް ސައުދީ އަރަބިއާއިން އިހުތިޖާޖުކޮށް ފޮނުވި ނޯޓުގައި ބުނެފައިވަނީ، "ހުރިހާ ދީނެއްގެވެސް އުސޫލުތަކާއި ޚިލާފަށް ހިންގަމުންދާ މި ދަށު ދަރަޖައިގެ އަމަލު ހުއްޓުވުމަށް ހުއްޓުވުމަށް ވަގުތުން ވަގުތަށް ފިޔަވަޅު އަޅަންޖެހޭ" ކަމުގައެވެ.
އިސްމާދީނާއި ދެކޮޅަށް ސުވިޑްންގައި އިހުތިޖާޖުކުރި މީހުންގެ ތެރެއިން، އެގައުމަށް ހިޖުރަ ކޮށްފައިވާ އިރާގުގެ ރައްޔިތަކަށް ސުވިޑްންގެ ފުލުހުންވަނީ އިރާގް އެމްބަސީގެ ބޭރުގައި ހުރެ ގުރުއާން އަދާލުމުގެ ހުއްދަ ބުރާސްފަތިދުވަހު ދީފައެވެ. އޭނާވަނީ ފާއިތުވި ޖޫންމަހުވެސް ސްވިޑްންގެ ވެރިރަށް ސްޓޮކްހޯމްގެ މިސްކިތެއްގެ ބޭރުގައި ހުރެ ޤުރުއާން އަންދާލާފައެވެ.
ބުރާސްފަތި ދުވަހު އިރާގުގެ އެމްބަސީ ބޭރުގައި ބޭއްވުނު އިވެންޓުގައި އިހުތުޖާޖް ކުރި ފަރާތްތަކުންވަނީ ޤުރުއާންކަމަށް އެމީހުން ބުނާ ފޮތެއްގައި ކޮޅުފައިންޖަހާ އެފޮތް ހަލާކު ކޮށްލާފައެވެ. އެހެންނަމަވެސް އެ ސަރަހައްދު ދޫކޮށް އެމީހުން ގޮސްފައިވަނީ ފޮތުގައި އަލިފާން ރޯ ނުކޮށެވެ.
ސުވިޑްގައި ގުރުއާން އަންދާލުމާއި އަދި އާންމު އެއްވުންތަކުގައި ގުރުއާނަށް އިހުތިރާމް ކުޑަކުރުމަށް ހިންގަމުންދާ އަމަލުތަކާއި ގުޅިގެން ސުވިޑްއަށްވަނީ ގިނަ ގައުމުތަކުގެ ނުރުހުން އަމާޒުވެފައެވެ. އަދި މުސްލިމް ތަކުގެ ޕްރެޝަރަށް ފާއިތުވެދިޔަ ހަފްތާގައި ޔޫއެން ހިއުމަން ރައިޓްސް ކައުންސިލުންވެސް ވަނީ ދީންތަކަށް އިހުތިރާމް ކުޑަކުރުމަށް ހިންގޭ އަމަލުތައް ކުށްވެރިކޮށް ގަރާރެއްވެސް ފާސްކޮށްފައެވެ.