ގުރުއާން އަންދާލުމުގެ ހުއްދަ އަނެއްކާވެސް ސުވިޑްންގެ ފުލުހުން ދީފި

ގުރުއާން އަންދާލުމުގެ ހުއްދަ އަނެއްކާވެސް ސުވިޑްންގެ ފުލުހުން ދީފި

Author
ހުސެއިން
28 ޖޫން 2023 10:17
0

ސުވިޑްންގެގެ ސްޓޮކްހޮމްގައި ހުންނަ އެންމެ ބޮޑު މިސްކިތުގެ ބޭރުގައި، އިހުތިޖާޖު ކުރުމުގެ ގޮތުން ގުރުއާން އަންދާލުމުގެ ހުއްދަ، އިޖުތިޖާޖު ކުރާ ފަރާތްކަށް އަނެއްކާވެސް ދޫކޮށްފައިވާކަން ސްވިޑްންގެ ފުލުހުން ހާމަ ކޮށްފިއެވެ.

ސުވިޑްންގެ ފުލުހުން ލިޔުމުން ހާމަ ކޮށްފައިވާ ގޮތުގައި ގުރުއާން އަންދާލުމުގެ ސަބަބުން އުފެދިދާނެ ސަލާމަތީ މައްސަލަތަކަކީ، ގުރުއާން އަންދާލުމަށް ހުއްދަ ނުދިނުމަށް، އެގައުމުގެ ހެދިފައި ހުރި ގާނޫނުތަކުން އޮތް ހުއްޖަތެއް ކަމުގައި ބަލައި ނުގަނެވޭ ކަމުގައެވެ.

އިހުތިޖާޖް ކުރަން ބޭނުންވާ ބަޔަކަށް ގުރުއާން އަންދާލުމުގެ ހުއްދު ސުވިޑްންގެ ފުލުހުން ދޫކޮށްފައި މިވަނީ، ސްޓޮކްހޮމްގައި ދެމީހަކު، ގުރުއާން ވެސް އަންދާލުން ހިމެނޭގޮތުން ކުރުމަށް ހަމަޖެހިފައިވާ ހަޅުތާލަކަށް ހުއްދަ ނުދިނުމަށް ފުލުހުން ނިންމި ނިންމުމެއް ސުވިޑިޝް އިސްތިއުނާފީ ކޯޓުން ބާތިލް ކުރިތާ ދެ ހަފްތާ ފަހުންނެވެ.

މިއަހަރުގެ ޖެނުއަރީމަހު، ސްވިޑްންގައި ހުންނަ ތުރުކީގެ އެމްބަސީ ކައިރީގައި ގުރުއާން އަންދާލުމުގެ ސަބަބުން ތުރުކީގައާއި ސްޓޮކްހޯމްގައިވެސް އެތައް ހަފްތާއެއް ވަންދެން މުސްލިމުން މުޒާހިރާ ކޮށްފައި ވެއެވެ.

އެފަހަރު ސްވިޑްންގެ ފުލުހުން ވަނީ، މި އިހުތިޖާޖަށްފަހު ސަލާމަތީގޮތުން ނުރައްކާ އޮތްކަމަށް ބުނެފައެވެ. އަދި އެފަހަރު ކުރިޔަށްދިޔަ މުޒާހިރާތަކުގައި ވަނީ ސުވިޑްންގެ އުފެއްދުންތައް ބޯއިކޮޓް ކުރުމަށްވެސް ގޮވާލާފައެވެ. އަދި ތުރުކީން ދެކޮޅު ހެދުމާއެކު، ނޭޓޯގެ މެމްބަރޝިޕް ހޯދުމަށް ސްވިޑްންއިން ކުރަމުން އައި މަސައްކަތްތަކަށްވެސް ހުއްޓުން އައިސްފައި ވެއެވެ.

އެއަށްފަހު، ތުރުކީގެ ސަރުކާރުގެ ދެކޮޅު ހެދުންތަކާއެކު، މިއަހަރުގެ ފެބްރުއަރީމަހު، ސްވިޑްންގައި ހުންނަ އިރާގު އެމްބަސީއާއި އަދި ތުރުކީ އެމްބަސީގެ ކުރިމަތީގައި ބޭއްވުމަށް ހަމަޖެހުނު، ގުރުއާން އަންދާލުމުގެ ދެ އިހުތިޖާޖެއް ބޭއްވުމުގެ ހުއްދަ ސްވިޑްންގެ ފުލުހުން ވަނީ ނުދީފައެވެ.

އެހެންނަމަވެސް ސުވިޑްންގެ އިސްތިއުނާފީ ކޯޓުން ފާއިތުވި ޖޫން މަހުގެ މެދުތެރޭގައި ހުކުމް ކޮށްފައިވަނީ މި އެއްވުންތަކަށް ފުލުހުން ހުއްދަ ދޫކޮށްފައި ނުވަނީ ރަގަޅަށް ނޫންކަމުގައެވެ. ކޯޓުން ނިންމާފައިވަނީ، ގުރުއާން އަންދާލުމުގެ ހަރަކާތެއްގެ ސަބަބުން ކުރިމަތިވާނެކަމަށް ފުލުހުން ބުނާ ސަމާލަތީ ނުރައްކާ، މިފަދަ ހަރަކާތަކާއި އެކަށީގެންވާ ވަރަށް ގުޅުވާ ނުލެވޭ ކަމުގައެވެ.

ސުވިޑްންގެ ފުލުހުން ވަނީ، ގުރުއާން އަންދާލުމަށް އުމުރުން 37 އަހަރުގެ މީހަކު ތައްޔާރުވަމުން ދިއުމާއި ގުޅިގެން، އެގައުމުގެ އެކި ހިސާބުތަކުގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކޮށްފައެވެ.

ސުވިޑްންގެ ސިޔާސީ ފަރާތްތަކުން ވަނީ ގުރުއާން އަންދާލުމާއި ދެކޮޅަށް ވާހަކަ ދައްކާފައެވެ. އެހެންނަމަވެސް އެފަރާތްތަކުން ވަނީ އެގައުމުގައި ޚިޔާލުފާޅު ކުރުމުގެ މިނިވަންކަން އޮންނާން ޖެހޭނެކަމަށްވެސް ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.