ދިރިއުޅުމުގައި ކުރިމަތިލާންޖެހޭ ބައެއްކަހަލަ ހާލަތް ތަކުގައި ނުވަތަ އާންމު ގޮތެއްގައިވެސް ނިދުމަށް އުނދަގޫ ވުމަކީ ދިމާވާ ކަމެކެވެ. އެހެން ނަމަވެސް ހަމަ ނިދި އިންސާނާއަށް ނުލިބިއްޖެނަމަ އެއިން ދެން ނުކުންނަ ނަތީޖާ އަދި މާދެރައެވެ.
ހިތުގެ ބަލިތަކަށް މަގުފަހިވުމާއި ކަންކަމުގެ ޝައުގުވެރިކަން ގެއްލުމަކީ ނުނިދާ ހުންނަނަމަ ދިމާވުން ވަރަށް ގާތް ކަންތައްތަކެވެ. މީގެ އިތުރުންވެސް ސިއްހީ އެތައް މައްސަލަތަކަކަށް މިކަމުގެ ސަބަބުން މަގު ފަހިވެއެވެ. އެހެން ކަމުން ކޮންމެ މީހަކުވެސް ނިދަން ލިބޭ ވަގުތުގެ ބޭނުން އެންމެ ފުރިހަމައަށް ކުރަން ވާނެއެވެ.

ތަފާތު އެކި ސަބަބުތަކާހެދި ގިނަ ވަގުތު ނުނިދި ހޭދަކުރަން ޖެހުން ނޫނީ ހަށިގަނޑަށް އަރާމު ނިންޖެއް ނުލިބުމަކީ ވަރަށް ގިިނައިން އަޑުއިވޭ ޝަކުވާއެކެވެ. މިކަމަށް ހައްލެއް ހޯދުމަށް ކޮންމެ މީހަކުވެސް އެކިއެކި ގޮތްގޮތުން މަސައްކަތްކުރެ އެވެ. އެހެން ނަމަވެސް އަދި އަދަށް ދާންދެންވެސް މިކަމަށް އެކަށޭނަ ފަރުވާއެއް ނުލިބި ގިނަބަޔަކު ތިބިކަން ކަށަވަރެވެ.
އެފަދަ ފަރާތްތަކަށް ބައިނޯރަލް ބީޓްސްގެ ނަމުގައި ބޭނުންކުރެވިދާނެ ފަރުވާއެއް މިވަނީ ތައާރަފުކޮށްފަ އެވެ. "ފްރޮންޓިއާރސް އިން ސައިކޭޓްރީ" އިން މި ފަރުވާއާމެދު އެތައް ރިސާޗެއް ހެދުމަށްފަހު މިއީ އިންސާނާގެ ނިދުމަށް އެހީތެރިވެދޭނެ ފަރުވާއެއްގެ ގޮތުގައި ވަނީ ޔަޤީންކޮށްދީފަ އެވެ.
ބައިނޯރަލް ބީޓްސް ފަރުވާ އަކީ ދެ ވައްތަރެއްގެ މިއުޒިކެއް ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ތެރަޕީއެކެވެ. ދެކަންފަތަށް އެއް ވަގުތެއްގައި ދެފްރިކުއެންސީއެއްގައި މި ދެމިއުޒިކް އަޑުއިވުމުން ސިކުޑީގައި ތިންވަނަ މިއުޒިކެއް އުފައްދައިދެއެވެ. ސިކުޑީގައި އެ އުފައްދައިދޭ މިއުޒިކަކީ އިންސާނާއަށް ހީކުރެވޭ ހީއެއް ނަމަވެސް އެ މިއުޒިކުގެ ފްރިކުއެންސީއިން ހަށިގަނޑަށް ގިނަ މެސެޖުތަކެއް ފޯރުކޮށްދެއެވެ. އެމެސެޖުތަކުގެ ސަބަބުން އިންސާނާ ވިސްނުންތަކާ ދުރުކޮށްދީ ހަށިގަނޑުގެ ވަރުބަލިކަން ފިލުވާލައެވެ. މިއީ ހަށިގަނޑު މުޅިން ނިދުމަށް ތައްޔާރުކޮށްލާނެ ތެރަޕީއެއްކަމަށް ރިސަރޗްތައް ބުނެއެވެ.

މިއުޒިކަކީ އާއްމުގޮތެއްގައިވެސް ގިނަބަޔަކު ސްޓްރެސް ފިލުވާލާ ބޯ ހަމަޖައްސާލުމަށް އަޑުއަހާ ވަސީލަތަކަށްވެފައި މިއީ ރަގަނޅު ފަރުވާއެއްކަމުގައި ބެލެވެއެވެ. ސައިންސް ޑައިރެކްޓްއިން ޕަބްލިޝް ކޮއްފައިވާ ރިސަރޗެއްގައި ވާގޮތުން މިއުޒިކުގެ ސަބަބުން ސިކުނޑިއަށް ވަރަށް ބޮޑެތި އެދެވޭ އަސަރުކުރުވައެވެ. ހަމަ އެހެންމެ ހިތުގެ ތެޅުމާއި ލޭގެ ހިނގުމަށްވެސް އެދެވޭ އަސަރުތަކެއް ކުރުވާ އެއްޗެއްގެ ގޮތުގައި މިއުޒިކް ވަނީ ފާހަގަ ވެފައެވެ.
ކޮމެންޓު ފޮނުވާ