ހުޅުމާލޭ ޔޮޓް މެރީނާ އާއި ކުރޫޒް ޓާމިނަލް އަޅަން ޝައުޤުވެރިވާ ބަޔަކު ހޯދަނީ!

ހުޅުމާލޭ ޔޮޓް މެރީނާ އާއި ކުރޫޒް ޓާމިނަލް އަޅަން ޝައުޤުވެރިވާ ބަޔަކު ހޯދަނީ!

Author
ޢަލީ އާދަމް
02 ޑިސެމްބަރ 2020 10:06
0

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ މާސްޓާރ ޕްލޭންގައި ހިމެނޭ ޔޮޓް މެރީނާއާއި ކުރޫޒް ޓާމިނަލް އަޅައިދޭނެ ބަޔަކު ހޯދުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީން އިއުލާންކޮށްފި އެވެ.

އެޗްޑީސީން ކުރި އިއުލާނުގައި ވަނީ، އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 16 ވަނަ ދުވަހުގެ 15:30ގެ ކުރިން އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހަޅަން ޖެހޭނެ ކަމަށެވެ.

މި ކަމަށް ޝައުޤުވެރިކަން ފާޅުކުރާއިރު، އެކުންފުންޏެއްގެ ތައާރަފާއި މަޝްރޫޢަށް ހަރަދުވާނެ އަންދާޒާ މިންވަރަކާއި މަސައްކަތައް ބޭނުންވާނެ ބިމުގެ ބޮޑުމިނާއި ބޭނުންކުރާނެ ބިޒްނަޒް މޮޑެލްއާއި މަސައްކަތަށް ޝައުގުވެރިކަން ފާޅުކުރާ ކުންފުނީގެ ތިން އަހަރުގެ މާލީ ބަޔާނާއި އެކުންފުންޏެއްގެ ގާބިލިއްޔަތުކަން ދައްކުވައިދޭ ލިޔެކިޔުންތަކާއި މަސައްކަތް ނިންމައިލެވޭނެ ކަމަށް ލަފާކުރާ ތާރީހު އެނގެން އޮންނަންވާނެ ކަމަށް އެޗްޑީސީން ބުނެއެވެ.

ހުޅުމާލޭ ޔޮޓް މެރީނާ އާއި ކުރޫޒް ޓާމިނަލް އޮންނާނެ ގޮތުގެ ކުރެހުމެއް

ހުޅުމާލޭގެ މާސްޓާރ ޕްލޭން ގައި ވާގޮތުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޔޮޓް މެރީނާއަކާއި ކުރޫސް ޓާމިނަލެއްގެ އިތުރުން، ޓޫރިޒަމް އައިލެންޑަކާއި ހެރިޓޭޖް އައިލެންޑަކާއި އައިޓީ ޕާކަކާއި ނޮލެޖް ޕާކަކާއި ސިޓީ ހޮޓަލާއި ޝޮޕިން މޯލްތައްވެސް ތަރައްޤީ ކުރާނެއެވެ.

މީގެ އިތުރުން ކުރިން އެޗްޑީސީން އާންމުކުރި ދުރުރާސްތާ ޕްލޭންގައި ހުޅުމާލޭގެ ދެ ފިޔަވައްސާއި އެއާޕޯޓު މޮނޯ ރޭލުން ގުޅާލުންވެސް އޭރު ހިމަނާފައިވެއެވެ. ނަމަވެސް އެއީ ދިގުމުއްދަތަކުން ނިންމުމަށް އޭރު ކަނޑައެޅި ދުރުރާސްތާ ޕްލޭނެކެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހިން އާންމުންނަސް ދިރިއުޅެން ދޫކުރި ސަރަހައްދުގައި މިހާރު ވަނީ މީހުން އާބާދުވާން ފަށާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.