ހުޅުމާލޭގެ ހިޔާ ފްލެޓްގައި ކުޑަ ކުއްޖަކަށް ވަޅިން ހަމަލާދީ ޒަޚަމް ކޮށްލައިފިއެވެ.
ފުލުހުން ހާމަ ކޮށްފައިވާ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިއަދު ހަވީރު ހިނގި މާރާމާރީއެއްގައި 18 އަހަރުގެ ކުޑަކުއްޖަކަށް އަނިޔާވެފައިވާ ކަމުގައެވެ. އެހެންނަމަވެސް އެކުއްޖާއަށް ލިބިފައިވާ އަނިޔާ ސީރިއަސް ނޫންކަމުގައިވެސް ފުލުހުން ހާމަ ކޮށްފައި ވެއެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި މާރާމާރީ ހިނގި ސަރަހައްދުން އޭނާ އެންބިއުލާންސްގައި ހޮސްޕިޓަލަށް ގެންދިއުމުގައި ފުލުހުން އެހީތެރި ވެދީފައިވެއެވެ. އަދި އޭނާގެ ބުރަކަށީގައި ލޭ މަނާކުރުމަށް ފޮތިގަޑެއް އަޅާފައިވާ މަންޒަރުވެސް ފެނިފައިވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ހިޔާ ޓަވަރު 10 ގައެވެ.
ކޮމެންޓު ފޮނުވާ