ފިލްމީތަރި ޔޫއްޕެ އަނެއްކާވެސް ޖޭޕީއަށް

ފިލްމީތަރި ޔޫއްޕެ އަނެއްކާވެސް ޖޭޕީއަށް

Author
މުޙައްމަދު ޝަޒައިމް
16 މެއި 2023 10:35
0

ފިލްމީ ތަރި ޔޫސުފު ޝަފީއު (ޔޫއްޕެ) އަނެއްކާވެސް ޖުމްހޫރީ ޕާޓީ (ޖޭޕީ) އަށް ސޮއިކޮށްފިއެވެ.

ޔޫއްޕެ ޖުމްހޫރީ ޕާޓީއަށް ސޮއިކުރި ފޯމާ ހަވާލުވީ ޖޭޕީގެ ޑެޕިއުޓީ ލީޑަރު އަދި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއާއެވެ.

ޔޫއްޕެ ވަނީ މީގެ ކުރިންވެސް ޖުމްހޫރީ ޕާޓީގެ ހަރަކާތްތަކުގައި މަސައްކަތްކޮށްފައެވެ. އެނގިފައިވާ ގޮތުން ޔޫއްޕެ އެންމެ ފަހުން އުޅުނީ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގައެވެ. ޔޫއްޕެގެ އިތުރުން އެޕާޓީއާއި ރޭ އިތުރު ބޭފުޅުން ތަކެއްވެސް ގުޅުނެވެ. އޭގެ ތެރޭގައި ރާއްޖޭގެ މަޝްހޫރު ގޯލްކީޕަރ ހަސަން ރަމީޒް (ޓިމޯ)އާއި، އަދި ކުރީގެ ޗީފް ޕްރިޒަންސް އޮފިސަރ މުޙައްމަދު ތައުފީގު ހިމެނެއެވެ.

މިފަހުން ގިނަ އަދަދެއްގެ ބަޔަކުވަނީ ޖުމްހޫރީ ޕާޓީއަށް ސޮއިކޮށްފައެވެ. އަދިވެސް، ގިނަ އަދަދެއްގެ ބަޔަކު އެޕާޓީއާ ގުޅުމުގެ ޝައުގުވެރިކަން ފާޅުކުރަމުން އަންނަ ކަމަށް މައުލޫމާތު ލިބެއެވެ.

ރާއްޖޭގައި ތިންވަނައަށް އެންމެ މެމްބަރުން ގިނަ ޖުމްހޫރީ ޕާޓީގެ ރަސްމީ ދަފުތަރުގައި 23،000އަށް ވުރެ ގިން މެމްބަރުން ތިބެއެވެ. ޖުމްހޫރީ ޕާޓީއަކީ މިވަގުތު ރާއްޖޭގައި އޮތް އެންމެ ހަރަކާތްތެރި އެއް ސިޔާސީ ޕާޓީވެސް މެއެވެ.

އަންނަ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު އޮނަރަބަލް ގާސިމް އިބްރާހިމްގެ ކެމްޕެއިން މެނޭޖަރުންގެ ގޮތުގައި އެމަނިކުފާނު ވަނީ ދެ ބޭފުޅަކު ހަމަޖައްސަވާފައެވެ. އެއީ ސްޕެޝަލް އެންވޯއީ އިލްހާމް އަހުމަދާއި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހިމްއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.