ޢަދާލަތު ޕާޓީގެ އިލްމުވެރިންނަކީ ހައްގުބަސް ބުނުމުގައި ފަސްޖެހޭނެ ބައެއް ނޫންކަމަށް ވިދާޅުވި އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ މެމްބަރު ޑރ.އިޔާޒު ކުރީގެ ނައިބް ރައީސް ޑރ.މުހައްމަދު ޖަމީލަށް ރައްދު ދެއްވައިފިއެވެ.
ޖާރމަނީގައި ކުރިޔަށްދިޔަ އައިޓީބީ ބާލިން 2023 ޓްރޭޑް ޝޯގައި ދިވެހިރާއްޖެއިންގެ ސަގާފީ ނެށުމުގެ ނަމުގައި ހުށަހެޅި ހުށަހެޅުމާއި ގުޅިގެން ޑރ.ޖަމީލް އަދަލާތު ޕާޓީގެ އިލްމުވެރިންނަށް އަމާޒުކޮށް ކުރެއްވި ޓުވީޓުގައި ޑރ.އިޔާޒުވަނީ ހައްގުގެ ބަސް ބުނުމަށް ފަސް ނުޖެހޭނެ ކަމަށް ވިދާޅުވެފައެވެ.
ޖަމީލް ވިދާޅުވީ ދިވެހި ނެށުމެކޭ ބުނެ ހުށަހެޅި ޒާތެއްގެ ހުތުރު ވައްތަރުތަކަކުން ޢަދާލަތުގެ ބައެއް ބޭފުޅުން ސެންސިޓިވް ވީކަމަށް ހެދެން އުޅުމުން ހަމަ ޙައިރާންވެއްޖެ ކަމަށެވެ. ޖަމީލް ވިދާޅުވީ އާ އަހަރުވެސް މިފަދަ ގޮތަކަށް ފާހަނގަކުރި ކަމަށާއި، އަދި މިހާރު ބައިވަރު ލާދީނީ ކަންތައް ހިނގާ ކަމަށެވެ. އެކަމަކު އަދާލަތުން ތިބީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހާއި ބައިޢަތު ހިފައިގެން ކަމަށެވެ.
ޖަމީލް މިހެން ވިދާޅުވިއިރު ޖާރމަނީގައި ކުރިޔަށްދިޔަ އައިޓީބީ ބާލިން 2023 ޓްރޭޑް ޝޯވގައި ދިވެހިރާއްޖެއިން ހުށަހަޅައިދިން ސަގާފީ ނެށުމުގެ ނަމުގައި ހުށަހެޅި ހުށަހެޅި ހުށަހެޅުން ބައްލަވަން ޤައުމުގެ ވަލިއްޔުލް އަމްރު އިނުމަކީ ނުހަނު ކަންބޮޑުވާ ކަމެއްކަމުގައި ޑރ.އިޔާޒު ވަނީ އިއްޔެ ވިދާޅުވެފައެވެ.
ޖަމީލްގެ ވާހަކަތަކަށް ރައްދު ދެއްވައި ޑރ.އިޔާޒު ވިދާޅުވީ އަދަލާތު ޕާޓީގެ އިލްމުވެރިންނަކީ ހައްގުގެ ބަސް ބުމުގައި ފަސް ޖެހޭނެ ބައެއް ނޫންކަމަށެވެ. އެއްވެސް އިރެއްގައި ކަމެއް ދިމާވުމުން ވިލާތުގެ ޤައުމުތަކަށް ފިލަންގޮސް އެތަނުގައި ތިބެގެން އޮއްގާ އުކުމަކީ އަދާލަތު ޕާޓީގެ އިލްމުވެރިން ކުރާނެ ކަމެއް ނޫންކަމަށެވެ.
ޢަދާލަތު ޕާޓީގެ ކޮންމެ ޢިލްމުވެރިޔަކުވެސް ޙައްޤުބަސް ބުނުމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ފަސްނުޖެހޭނެ. ފިލައިގެން އެހެން ވިލާތަކަށްގޮސް އޮއްގާ އުކާކަށް ނުހަދާނެ. ކެރިގެން ޒިންމާ އަދާކުރާނެ.
– ޑރ.އިޔާޒު ވިދާޅުވިއެވެ.
ޑރ.އިޔާޒު މިހެން ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި ނައިބް ރައީސްކަމުގެ މަޤާމުން ޖަމީލް ވަކި ކުރަން އުޅުމުން އަމިއްލަފުޅަށް އިނގިރޭސި ވިލާތަށް ވަޑައިގެން މަޖިލީހަށް ޖަވާބުދާރީވާން ލިބުނު ފުރުސަތުގެވެސް ބޭނުން ނުހިފައި އިނގިރޭސި ވިލާތުގައި ހުންނަވައިގެން ޔާމީނަށް އަމާޒުކުރި ފާޑުކިޔުންތަކާއި ގުޅިގެން ކަމަށް ބެލެވެއެވެ. އޭރު ޖަމީލް ވަނީ ރައީސް ޔާމީންގެ ސަރުކާރު ބަދަލުކުރުމަށް ގިނަ މަސައްކަތްތަކެއްވެސް ކުރައްވާފައެވެ.