އެއްބަސްވުމާ ހިލާފަށް ޝަރުތުހަމަނުވާ ބަސްތަކެއް ބަލައިގަންނަން އަންގާފައިވާތީ ރީޖަނަލް އެއާޕޯޓްސްގެ ކުރީގެ ޑިރެކްޓާ ޖެނަރަލް، ސާމީ އަގީލްގެ މައްޗަށް ކޮރަޕްޝަންގެ ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.
އޭސީސީން މީޑިއާއަށް މައުލޫމާތު ދެމުން ބުނީ ރީޖަނަލް އެއަޕޯޓްސަށް ބޭނުންވާ ބަސްތަކެއް ސަޕްލައި ކުރުމަށް 2019 ވަނަ އަހަރު އަމިއްލަ ކުންފުންޏަކާއެކު ވެފައިވާ އެއްބަސްވުމުގައި ބަސްތަކުގައި ހުންނަންވާނެ ކަމަށް ޝަރުތު ކޮށްފައިވާ ކަންކަން ފުރިހަމަވެފައި ނުވާ ކަމަށެވެ.
މިމައްސަލައިގައި އޭނާގެ މައްޗަށް ދެ ދައުވާއެއް އުފުލަން އެސީސީން ޕީޖީ އޮފީހުގައި އެދިފައިވެއެވެ. އެއީ ގާނޫނުގެ ދަށުން ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އާއި ކޮރަޕްޝަން ހުއްޓުވުމާ މަނާކުރުމުގެ ގާނޫނުގެ ދަށުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު މަންފާ ހޯދައިދިނުމުގެ ކުށުގެ ދައުވާއެވެ.
އޭސީސީން ވިދާޅުވީ މި ދެ މައްސަލައިގައި ސާމީގެ މައްޗަށް މިދައުވާތައް ކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.
އެ މަގާމުން އޭނާ ވަނީ 2021 ވަނަ އަހަރު ސަސްޕެންޑް ކޮށްފައެވެ.
ކޮމެންޓު ފޮނުވާ