އެންމެ ހެޔޮ ލަފާ މީހާއަށްވެސް އެންމެންގެ ތާޢީދެއް ނުހޯދޭނެ: އިމްރާން

އެންމެ ހެޔޮ ލަފާ މީހާއަށްވެސް އެންމެންގެ ތާޢީދެއް ނުހޯދޭނެ: އިމްރާން

Author
ޢަލީ އާދަމް
26 ފެބްރުއަރީ 2023 09:27
0

އެންމެ ހެޔޮލަފާ ޔަޤުވާވެރި މީހާއަށްވެސް އެންމެންގެ ތާޢީދާއި ލޯބި ނުހޯދޭނެކަމަށް ވިދާޅުވެ ހޯމް މިނިސްޓަރ އަދި ޢަދާލަތު ޕާޓީގެ ރައީސް އިމްރާން ޢަބްދުﷲ އަނެއްކާވެސް ތަފާތު ޓްވިޓެއް ކުރައްވައިފިއެވެ.

އިމްރާނަކީ ދޭތެރެ ދޭތެރެއިން މިފަދަ ޓްވިޓުތައް ކުރައްވާ ބޭފުޅެކެވެ. ދެމާނަ އެކުލެވޭ ވާހަކަތާކާއި މާނަފުން ބައެއް ޓްވިޓުތައް ކުރައްވައެވެ. މިފަހަރުގެ ޓްވީޓުގެ އަމާޒަކީ ކޮބައިކަމެއް ނޭނގެއެވެ. އެހެންނަމަވެސް އޭނާ އިޝާރާތްކުރައްވަމީ މިހާރުގެ ސިޔާސީ މަސްރަޙަށްކަމަށް ބެލެވެއެވެ. އިމްރާން ވިދާޅުވެފައިވަނީ އެންމެ ހެޔޮލަފާ ތަޤުވާވެރި އިންސާނަކަށްވެސް އެންމެންގެ ރުހުމާއި ތާޢީދު ނުލިބޭކަމަށެވެ. އަދި އެންމެ ނުބައި ނުލަފާ ޖައްބާރު މީހާއަށް އެންމެން ދެކޮޅުވެރިވެ ނަފުރަތުވެސް ނުކުރާނެކަމަށެވެ.

އެހެންނަމަވެސް ޢާންމުގޮތެއްގައި ހެޔޮމީހުން ލޯބިވާނީ ހެޔޮމީހުންދެކެކަމަށާ، ނުބައި މީހުން ލޯބިވާނީ ނުބައިމީހުން ދެކެކަމަށްވެސް އިމްރާން ވިދާޅުވެފައިވެއެވެ.

އިމްރާނާއި އޭނާގެ ޢަދާލަތު ޕާޓީން ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ތާޢީދުކޮށް އެމްޑީޕީއާއެކު ކޯލިޝަން ހަދަން ނިންމާފައެވެ. މިހާރުގެ ސަރުކާރުގައި ހިމެނޑޭ ކޯލިޝަން ޕާޓީތަކާއި އެހެން ބައެއް ސިޔާސީ ބޭފުޅުންގެ ތާޢީދަށްއެދިވަޑައިގެން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ދާދިފަހުން އެފަރާތްތަކަށް ސިޓީފުޅެއް ފޮނުއްވިއެވެ. އެސިޓީފުޅަށް އެންމެ އަވަހަށް އިޖާބަދީ ކޯލިޝަން ހަދަން ނިންމީ ޢަދާލަތު ޕާޓީންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.