މަގުމަތީގައި ފާޅުގައި، ޑްރަގުގެ އުނގުވިޔަފާރި ޢާންމުވެފައި

މަގުމަތީގައި ފާޅުގައި، ޑްރަގުގެ އުނގުވިޔަފާރި ޢާންމުވެފައި

Author
ޢަލީ އާދަމް
11 ފެބްރުއަރީ 2023 10:58
0

މާލޭގެ މަގުމަތީގައި މަސްތިވާތަކެތި ބެނުންކުރުމާއި ފާޅުގައި އެވިއްކުން ޢާންމުވެ ޢާންމުންގެ ކަންބޮޑުވުންތައް އިތުރުވެއްޖެއެވެ.

ފަހަކަށްއައިސް މާލޭގެ މަގުމަތިން މިފަދަ މަންޒަރުތައް ފެނުންވަނީ ޢާންމު ވެފައެވެ. ރޯމާ ދުވާލު މަގުމަތިން ކުޑަކުދިން ގޮވައިގެން ސްލޫކަށްދާ ވަގުތުތަކުގައިވެސް މަސްތުވާތަކެތި ބޭނުންކޮށް މަގުމަތީ ޕޭވްމަންޓު މައްޗާއި ޕާކިން ޒޯންތަކުގައި ތިބެގެން އަމިއްލަގަޔަށް މަސްތިވާތަކެތި އިންޖެކްޓުކުރާ މަންޒަރު ވަނީ ޢާންމުވެފައެވެ. އެންމެފަހުން ޢާންމުވި އެއް ވިޑިއޯއެއްގައި ފެންނަނީ މަގުމަތީގައި ޕާކުކޮށްފައި ހުރި ސައިކަލެއްގެ މަތީގައި މީހަކު އިށީނދެއިނދެގެން މަސްތިވާތަކެތީގެ އުނގުވިޔަފާރިކުރާ މަންޒަރެވެ. އޭނާ އެހެން އިންނައިރު ފަހަރަކު މީހަކުއައިސް އޭނާގެ އަތަށް ފައިސާ ދީފައި މަސްތުވާތަކެތި ގަނެގެން ދެއެވެ. އެކަން، ފެންނަމަ ފެނުމަށް އެއިކަމުގައި ބައިވެރިވާ މީހަކަކު ބިރެއް ޖެހިލުމެއް ވެގެން އުޅޭ މަންޒަރެއް ނުފެނެއެވެ. ވަރަށް އާދައިގެ ކަމެއްގެގޮތުގައި އެމީހުން އެކަން ކުރެއެވެ.

1990ގެ އަހަރުތަކުން ފެށިގެން މާލެއާއި ރާއްޖޭގެ އެކި ހިސާބުތަކުގައި މަސްތުވާތަކެތީގެ މައްސަލަތައް ފެންމަތިވާން ފަށައިފިއެވެ. މިއަދާހަމައަށް އައިއިރުވެސް ޙައްލުނުވެ މިމައްސަލަ އަންނަނީ އެއްދުވަހުން އަނެއް ދުވަހަސް ބޮޑުވަމުންނެވެ. މަސްތުވާތަކެތީގެ ވިޔަފާރިކުރާ ބޮޑުންގެ ނުފުޒު ޤައުމުގައި ބޮޑުވެ އެމީހުން ހުއްޓުވަން ހުރި މަގުތައްވަނީ ބަންދުވެފައޭ ދެންނެވިޔަސް ދޮގަކަށް ނުވާނެއެވެ.

ކޮންމެ ސަރުކާރަކުންވެސް ވެރިކަމަށް އަންނަނީ މަސްތުވާތަކެތީގެ މައްސަލަ ޙައްލުކުރުމަށް ބޮޑެތި ވަޢުދުތައް ވެގެންނެވެ. އެހެންނަމަވެސް ވެރިކަމުގެ ދައުރު ނިމިގެންދާއިރު އެއްވެސް ވެރިކަމެއްގައި މިމައްސަލައަށް ހޯދުނު ކުޑަވެސް ހައްލެއް ނެތެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އަލީ
ފުލުހުން މާބޮޑުސަމާލުކަމެއް ދޭކަމެއްނޫންތީ