ކޮޗިން އަށް ގޮސް އުޅެނިކޮށް ގެއްލުނު މީހާ ފެނިއްޖެ

ކޮޗިން އަށް ގޮސް އުޅެނިކޮށް ގެއްލުނު މީހާ ފެނިއްޖެ

Author
ހުސެއިން
02 ފެބްރުއަރީ 2023 06:07
0

އިންޑިއާގެ ކޮޗިންއަށް ބޭސްފަރުވާއަށް ގޮސް އުޅެނިކޮށް ގެއްލުނު ދިވެހި މީހާ ފެނިއްޖެކަމަށް އޭނާގެ އާއިލާއިން ބުނެފިއެވެ.

ގެއްލިގެން ހޯދަމުން ދިޔައީ މުހައްމަދު މަހުދީ، 35، ކ. ތުލުސްދޫ އެވެ. އޭނާ ގެއްލުނީ ފެބްރުއަރީމަހުގެ ހެނދުނުކަމަށް އާއިލާއިން ބުނެފައި ވެއެވެ.

އާއިލާގެ ފަރާތުން މަހުދީގެ ދައްތަ އައިމިނަތު އަރުޝީ ފޭސްބުކްގައި ޝެއަރ ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، އޭނާގެ ކޮއްކޮ މިހާރު ފެނިފައި ވާކަމަށާއި، ކޮއްކޮ ހޯދުމަށް އެހީތެރިކަން ފޯރުކޮށްދިން ހުރިހާ ފަރާތަކަށްވެސް ޝުކުރު އަދާ ކުރާކަމުގައެވެ.

މައުލުމާތު ލިބިފައިވާ ގޮތުގައި އޭނާ ފެނިގެން އާއިލާއަށް އަންގާފައިވަނީ އެ ސަރަހައްދުގެ ފުލުހުންނެވެ. އަދި އާއިލާއިން އޭނާއާއި ހަވާލުވީ ފުލުސް ސްޓޭޝަނުންނެވެ.

މަހުދީގެ ދައްތަ އައިމިނަތު އަރުޝީ ބައެއް މީޑިއާތަކަށް މައުލޫމާތު ދީފައި ވާގޮތުގައި މަހުދީ ކޮޗިން އަށް ގޮސްފައިވަނީ ބައިޕޯލާ ބަލީގެ ފަރުވާއަކަށެވެ. އޭނާއާއެކު ބައްޕަ އާއި ޅިޔަނަކު ދިޔަކަމަށްވެސް އަރުޝީ މައުލޫމާތު ދީފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.