އިންޑިއާގެ ކޮޗިންއަށް ބޭސްފަރުވާއަށް ދިޔަ ދިވެއްސަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
ގެއްލިގެން ހޯދަމުން އަންނަނީ މުހައްމަދު މަހުދީ، 35، ކ. ތުލުސްދޫ އެވެ. އޭނާ ގެއްލުނީ މިއަދު ހެނދުނު އެވެ. އާއިލާގެ ފަރާތުން މަހުދީގެ ދައްތަ އައިމިނަތު އަރުޝީ ފޭސްބުކްގައި ޝެއަރ ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، އޭނާގެ ކޮއްކޮ ގެއްލިފައިވަނީ މިއަދު ހެނދުނު އިންޑިއާގެ ކޮޗިންގެ އަމްރީތާ ހޮސްޕިޓަލް ކައިރިން ކަމުގައެވެ.

މަހުދީގެ ދައްތަ އައިމިނަތު އަރުޝީ ބައެއް މީޑިއާތަކަށް މައުލޫމާތު ދީފައި ވާގޮތުގައި މަހުދީ އިއްޔެ ކޮޗިން އަށް ގޮސްފައިވަނީ ބައިޕޯލާ ބަލީގެ ފަރުވާއަކަށެވެ. އޭނާއާއެކު ބައްޕަ އާއި ޅިޔަނަކު ދިޔަކަމަށްވެސް އަރުޝީ މައުލޫމާތު ދީފައި ވެއެވެ.
އޭނާވަނީ ގެއްލިފައިވާ މަހުދީ ފެނިއްޖަނަމަ ވީހާވެސް އަވަހަކަށް 7971667 ފޯނަށް ގުޅުއްވުމަށް އެދިފައެވެ.
ކޮމެންޓު ފޮނުވާ