ހޯރަފުށީ ކައިރިން 6 ފޫޓުގެ ކިނބުލެއް ފެނިއްޖެ

ހޯރަފުށީ ކައިރިން 6 ފޫޓުގެ ކިނބުލެއް ފެނިއްޖެ

Author
ހުސެއިން
21 ޖެނުއަރީ 2023 09:16
0

ހޯރަފުށީ ކައިރިން މިއަދު ކިނބުލެއް ފެނިިއްޖެއެވެ.

އެމްއެންޑީއެފްއިން ކުރި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ހޯރަފުއްޓާ އެއް ފަޅެއްގައި އޮންނަ އުނގުލުފިނޮޅާއި ހުވަހަންދޫއާ ދެމެދުން، ދިގުމިނުގައި ގާތްގަނޑަކަށް 6 ފޫޓު ހުރި ކިނބުލެއް ފެނިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެ ސިފައިން ހަރަކާތްތެރިވެފައި ވާކަމުގައެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުން ފަހަކަށް ދޭތެރެ ދޭތެރެއިން ދަނީ ކިނބޫ ފެންނަމުންނެވެ. މިގޮތުން ކ. ބޮލިދުއްފަރު ކައިރިން މި މަހުގެ 12 ވަނަ ދުވަހު ވެސް ކިނބުލެއް ފެނިފައިވެ އެވެ.

ސިފައިން ވަނީ އެ ކިނބޫ ހިފުމަށްފަހު، އެ ރަށުގެ 24 ނޯޓިކަލް މޭލު ބޭރަށް ދޫކޮށްލައިފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.