ރޭވުމެއްގެ ދަށުން ޕީޕީއެމްއިން ނަޝީދުގެ އެއްވުންތަކަށްދޭ: މަވޯޓާ

ރޭވުމެއްގެ ދަށުން ޕީޕީއެމްއިން ނަޝީދުގެ އެއްވުންތަކަށްދޭ: މަވޯޓާ

Author
ޢަލީ އާދަމް
14 ޖެނުއަރީ 2023 10:25
0

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީ ބަލިކޮށްލުމަށް ރާވާފައިވާ ރޭވުމެއްގެ ދަށުން އިދިކޮޅު ޕީޕީއެމްގެ މީހުން ރައީސް ނަޝީދުގެ ޕްރައިމެރީ ކެމްޕެއިން އެއްވުންތަކުގައި ބައިވެރިވަމުންދާކަމަށް ރައްޔިތުންގެ މަަޖިލީހުގެ މަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހީމް ޝަރީފް (މަވޯޓާ) ތުހުމަތުކުރައްވައިފިއެވެ.

އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ޕީޕީއެމްގެ އިސް ލިދަރޝިޕުން ޕީޕީއެމް ކުދިން ރައީސް ނަޝީދުގެ އިވެންޓުތަކަށް ފޮނުވާކަމަށެވެ. އަދި ނަޝީދަށް ކެމްޕެއިންކޮށްދެނީ އެމްޑީޕީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ބަލިކޮށްލުމުގެ ރޭވުމުގެ ދަށުންކަމަށެވެ. މިކަމާމެދު އެމްޑީޕީގެ މެމްބަރުން ސަމާލުވާންޖެހޭކަމަށް މަވޯޓާ ވިދާޅުވިއެވެ.

ނަޝީދުގެ ބައެއް ކެމްޕެއިން އިވެންޓުތަކުގައި ބައިވެރިވާ މީހުންގެ ޢަދަދާމެދު ރައީސް ޞާލިޙަށް ތާޢީދުކުރާ އެމްޑީޕީ މީހުން ސުވާލު އުފައްދައެވެ. އަދި ނަޝީދުގެ ފަހުގެ ބައެއް އެއްވުންތަކުގައި އިދިކޮޅު ޕީޕީއެމްގެ ޢާންމު މެމްބަރުން ބައިވެރިވާކަމަށް ތުހުމަތުކުރެއެވެ.

މީގެއިތުރުން ސޯޝަލްމީޑިއާގައި ވަރަށް ފާޅުކަންބޮޑުގޮތެއްގައި އިދިކޮޅުގެ މަޝްހޫރު ބައެއް އެކްޓިވިސްޓުން އަންނަނީ އެމްޑީޕީގެ ޕްރައިމެރީގައި ނަޝީދަށް ތާޢީދުކޮށް ވާހަކަދައްކަމުންނެވެ. އަދި ނަޝީދުގެ އެއްވުންތަކުގެ ހާޒީ މާ ރަނގަޅުކަމަށާ، ރައީސް ޞާލިޙަށް މާބޮޑު ތާޢީދެއް ނެތްކަން ދައްކަން އެކިވާހަކަތައް ލިޔަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.