މިދިޔަ އަހަރު ނިމުނުއިރު 3.9 ބިލިއަން ރުފިޔާ ޗާޕްކުރި

މިދިޔަ އަހަރު ނިމުނުއިރު 3.9 ބިލިއަން ރުފިޔާ ޗާޕްކުރި

Author
މުޙައްމަދު ޖިމީ
10 ޖެނުއަރީ 2023 03:22
0

މިދިޔަ އަހަރު ސަރުކާރުންއެދިގެން ފައިސާ ޗާޕުކުރި ޢަދަދު  3.9 ބިލިއަން ރުފިޔާއަށް އަރައިފިއެވެ. އެމްއެމްއޭއިން ޢާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުގައި މިދިޔަ ޑިސެމްބަރު މަހު ނިމުނުއިރު ދައުލަތުން 3.9 ބިލިއަން ރުފިޔާ ނެގިއެވެ. ނިވެމްބަރު މަހު އެކަނިވެސް 2.1 ބިލިއަން ރުފިޔާ ޗާޕްކޮށްފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

އެމްއެމްއޭގެ ތަފާސް ހިސާބުތަކުން މިގޮތަށް ދައްކާއިރު 2020 ވަނަ އަހަރުން ފެށިގެން ސަރުކާރުން ވަނީ ޕަބްލިކް ބޭންކް އެކައުންޓުން 4.4 ބިލިއަން ރުފިޔާއާއި ހަމައަށް ރުފިޔާ ޗާޕްކުރެވޭނެ ލިމިޓެއް ކަނޑައަޅާފައެވެ. އެއީ މިއަހަރުގެ ނިޔަލަށް ކަނޑައަޅާފައިވާ ޢަދަދެކެވެ.

ސަރުކާރުން  ފައިސާ ޗާޕްކުރާތީ އިޤްތިޞާދީ މާހިރުންނާއި އެހެން ބައެއް ފަރާތްތަކުންވެސް އަންނަނީ ސަރުކާރަށް ފާޑުވިދާޅުވަމުންނެވެ. ރުފިޔާ ޗާޕްކުރުމާއި ގުޅޭގޮތުން މަޖިލީހުގެ އިދިކޮޅު ބައެއް މެންބަރުން ވިދާޅުވީ، ކޮންމެ މަހެއް ނިމޭ ކޮޅު ކަރުދާސް ރީމެއް ގަނެފަ ޕްރިންޓަށް ޖެއްސީމަ މުސާރަދެވޭނެކަމަށާއި، އެއީ އިޤްތިޞާދު މެނޭޖުކުރަން ފަސޭހަގޮތެއްކަމަށެވެ.

ފައިސާ ޗާޕުކުރުމުން ނުކުންނަ އެންމެ ފުރަތަމަ އަދި އެންމެ ބޮޑު މައްސަލައަކީ، އިންފްލޭޝަން އެވެ. އިގްތިސާދުގައި އެބުރޭ ފައިސާގެ އަދަދު އިތުރުވެ، އަދި އެއާއި އެއްވަރަށް އުފެއްދުންތެރިކަން އިތުރުނުވެ، ތަކެތީގެ އަގު އުފުލިގެން ދިއުމެވެ. މަދު އަދަދެއްގެ ތަކެތި ފަހާ ގިނަ އަދަދެއްގެ ފައިސާއަށް ދުވަން ޖެހެނީއެވެ. އަދި އޭގެ ނަތީޖާއަކަށް ވެގެން ދަނީ، އާދައިގެ ރައްޔިތުންނަށް ލިބޭ މުސާރައިގެ "އަގު" ދަށްވެ، (އަތުގައި ހުންނަ ފައިސާގެ އަގެއް ނެތުން) އާންމުކޮށް ބޭނުން ކުރަން ހުންނަ ތަކެތީގެ އަގުތައް އުފުލި، ކެއިން ބުއިމަށްވެސް ކޮންމެ ދުވަހަކުހެން ކަހަލަ ގޮތަކަށް އާންމުކޮށް ބޭނުންވާ ތަކެއްޗަކީ އާންމު ރައްޔިތުންނަށް ފަސޭހައިން ގަނެވޭ އަގުގެ ތަކެއްޗަށް ވެގެން ނުދަނީއެވެ.

ސަރުކާރުގެ ކޭޝްފްލޯ ހަމަޖެއްސުމަށްޓަކައި މަރުކަޒީ ބޭންކް (އެމްއެމްއޭ)ގެ ޕަބްލިކް އެކައުންޓުން ފައިސާ ނެގުމަށްޓަކައި ސަރުކާރުން އެދުނު އެއް އަހަރު ދުވަހުގެ ހުއްދަ ދޭން ރައްޔިތުންގެ މަޖިލީހުން އެންމެ ފުރަތަމަ ފާސް ކޮށްފައިވަނީ 2020 ވަނަ އަހަރުގެ އެޕްރިލް މަހުއެވެ.

އެފަހަރު އެއް އަހަރު ދުވަހުގެ ތެރޭގައި އެމްއެމްއޭ އިން 4.2 ބިލިއަން ރުފިޔާ ދަރަންޏަށް ނެގުމަށްޓަކައި ގާނޫނީ ގޮތުން ބޭނުންވާ ހުއްދަ ދިނުމަށް މަޖިލީހުން ފާސް ކޮށްފައި ވެއެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.