ރައީސަކީ ރަދުންގެ ގޮތުގައި ބައްޓަންކުރާނަމަ އެއީ ތަރައްޤީއަށް އެޅޭ އެންމެބޮޑު ހުރަސް: ނަޝީދު

ރައީސަކީ ރަދުންގެ ގޮތުގައި ބައްޓަންކުރާނަމަ އެއީ ތަރައްޤީއަށް އެޅޭ އެންމެބޮޑު ހުރަސް: ނަޝީދު

ގުޅުންހުރި

ރައީސުލްޖުމްހޫރިއްޔާއަކީ ރަދުންގެ ގޮތުގައި ބައްޓަންކޮށް ސިފަކުރާނަމަ އެއީ ތަރައްޤީއަށް އެޅޭ އެންމެބޮޑު ހުރަހެއް ކަމުގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ އެމްޑީޕީގެ ޕްރައިމަރީގެ ކެމްޕެއިންގައި ފުވައްމުލަކު ސިޓީއަށް ކުރައްވަމުންދާ ދަތުރުގައި އެސިޓީގެ ރައްޔިތުންނާއި ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ނަޝީދު ވަނީ މިބައްދަލުވުމުގައިވެސް ރައީސް ޞާލިހަށާއި، ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

ރައީސް ނަޝީދު ވިދާޅުވީ ރައީސްކަމަކީ އެމަނިކުފާނުވެސް ކުރައްވާފައިވާ އަދި އެކަމުގެ ހުރި އިއްޒަތާއި ލައްޒަތު އެނގިފައިވާ ކަމެއްކަމަށެވެ. ވެރިކަމުގައި ހުންނައިރު ވަށައިގެން ތިއްބަވާ ބޭފުޅުން އިށީންނަވާ ގޮތާއި، ދައްކާނެ ވާހަތަކާއި އުޅުއްވާނެ ގޮތްތަކަކީ ކޮބައިކަން ސާފުވާކަމަށެވެ. ނަމަވެސް ރައީސަކީ އެހުރިހާ ކަމަކަށް ހެދިގެން ރަދުންގެ ގޮތުގައި ވެއްޖެނަމަ އެއީ ރާއްޖޭގެ ތަރައްޤީއަށް އެޅިގެންދާނެ ބޮޑު ހުރަހެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާއަކީ ސަރުދާރުން؛ ރަދުންނެއް ނޫން. ރައީސުލްޖުމްހޫރިއްޔާ ރަދުންގެ ގޮތުގައި ބައްޓަންކޮށް ސިފަކޮށް ތައްޔާރުކޮށް އުފައްދަމުން ގެންދަނީނަމަ އެއީ ތަރައްގީއަށް އިންތިހާއަށް އެޅޭ ވަރަށް ބޮޑު ހުރަހެއް.

– ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ރައީސް ސޯލިހްގެ ވެރިކަމުގެ ހަތަރު އަހަރުގެ ތެރޭގައި ކަންބޮޑުވުންހުރި ކިތަންމެކަމެއް އެބަހުރި ކަމަށެވެ. މިހަތަރު އަހަރުގެ ތެރޭގައި ފުވައްމުލަކު ރައްޔިތުން ސަރުކާރަށް އަދި އެމްޑީޕީއަށް ހުރިހާ އެއްޗެއްވެސް ދިން ކަމަށް ނަޝީދު ވިދާޅުވިއެވެ. އެގޮތުން 2018 ގެ ރިޔާސީ އިންތިހާބުގައިވެސް މެޖޯރިޓީ ހޯދައިދިން ކަމަށާއި، ފުވައްމުލަކުގެ މަޖިލިސް ގޮނޑިތަކާއި ކައުންސިލްގެ މެޖޯރިޓީވެސް އެމްޑީޕީއަށް ރައްޔިތުން ދިންކަން ނަޝީދު ފާހަގަކުރެއްވިއެވެ.

ނަޝީދު ވިދާޅުވީ، ދައުލަތުން ދަރަނި ދެއްކުމަށް ބޮޑު ހޭދައެއް ކުރަންޖެހޭ ކަމަށާއި މި ފެށުނު 2023 ވަނަ އަހަރުވެސް އެ ހަރަދު އެގޮތަށް ކުރަންޖެހޭ ކަމަށެވެ. މީގެކުރިން މި ސަރުކާރުން އަމަލުކުރީ ދަރަނި ދެއްކުމަށް ދަރަނި ނެގުމުގެ އުސޫލެއް ކަމަށާއި މިއަހަރާ ޖެހުމުން ޖެހުނީ ދަރަނި ދެއްކުމަށް ރައްޔިތުންގެ އަތުން ނަގާ ޓެކްސް ބޮޑު ކުރުމަށް ކަމަށެވެ. ރައީސް ސޯލިހަށް ދެވަނަ ދައުރެއް ދެވެން ނެތީ އެ ސަބަބާ ހެދިކަމަށް ނަޝީދު ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ