ޕްރައިމަރީގައި ވޯޓުލެވޭ މީހުންގެ ދާއިމީ ލިސްޓު އާންމުކޮށްފި

ޕްރައިމަރީގައި ވޯޓުލެވޭ މީހުންގެ ދާއިމީ ލިސްޓު އާންމުކޮށްފި

Author
މުޙައްމަދު ޝަޒައިމް
03 ޖެނުއަރީ 2023 05:26
0

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ، އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާނެ ކެނޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ދާއިމީ ލިސްޓު އާންމުކޮށްފިއެވެ.

އެމްޑީޕީގެ ވޯޓާސް ލިސްޓު އާންމުކޮށްފައިވާއިރު ވޯޓުލިބުމުގެ ހައްގު ލިބެނީ 57،255 މެމްބަރުންނަށެވެ. އަންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ނެރޭނެ ކެންޑިޑޭޓެއް ހޮވުމަށް ބާއްވާ ޕްރައިމަރީގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ، މީހުންގެ ލިސްޓު މިއަދު އެ ޕާޓީން އާންމުކުރިއިރު، މި ޕްރައިމަރީއަށް ކުރިމަތިލައްވާފައިވާ އެޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ޕާޓީގެ ދަފްތަރު ގަނޑުބަޑު ކޮށްފައިވާ ކަމަށާއި، ރައީސް ސޯލިހަށް ވޯޓުނުދޭނެހެން ހީވާ 39،000އަށްވުރެ ގިނަ މެމްބަރުން އެމްޑީޕީގެ ދަފްތަރުން އުނިކުރި ކަމުގެ ތުހުމަތު ވެސް ކުރައްވާފައެވެ.

އެމްޑީޕީގެ ޕްރައިމަރީގައި ވޯޓުލެވޭ މީހުންގެ ދާއިމީ ލިސްޓު އާންމުކޮށްފައިވަނީ ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ދިނުމަށްފަހުއެވެ. ޝަކުވާއަށް ހުޅުވާލުމުން ލިސްޓަށް 905 ޝަކުވާ ހުށަހެޅިފައިވެއެވެ. ހުށަހެޅުނު ޝަކުވާގެ ތެރެއިން 683 މީހުންނަކީ ކުރިން އެމްޑީޕީގައި ހިމެނޭ އަދި މިހާރު އެއްވެސް ޕާޓީއެއްގައި ނަންނެތި ހުށަހެޅި ޝަކުވާތަކެކެވެ. އަދި 212 މީހެއް އެހެން ޕާޓީތަކުގެ ދަފްތަރުގައި އޮވެގެންވެސް ޝަކުވާ ހުށަހަޅާފައެވެ.

އެމްޑީޕީގެ ދަފްތަރު ގަޑުބަޑު ކޮށްފައިވާ ކަމަށް ނަޝީދު ކުރާ ތުހުމަތުތައް އެމްޑީޕީން ވަނީ ދޮގު ކޮށްފައެވެ. އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޕާޓީގެ ދަފްތަރަށް ބަދަލު ގެނައީ ގައުމީ މަޖިލީހުން ފާސްކޮށްފައިވާ ގަރާރާއި އެއްގޮތައް ކަމަށެވެ. ޕާޓީން ވަކިވި މެންބަރުންނަކީ އެހެން ޕާޓީތަކުގެ މެންބަރުން ކަމަށް ވެސް އެމްޑީޕީން ބުނެއެވެ.

ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ޕްރައިމަރީން ނާކާމިޔާބުވެވަޑައިގަންނަވާ މަންޒަރު ފެނިވަޑައިނުގަންނަވާ ކަމަށާއި ޕްރައިމަރީ ބޮޑު ތަނުން ކާމިޔާބު ކުރައްވާނެ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.