ފުލުހުންގެ ވެހިކަލެއްގައި ރޯ ކޮށްލައިފި

ފުލުހުންގެ ވެހިކަލެއްގައި ރޯ ކޮށްލައިފި

Author
ހުސެއިން
02 ޖެނުއަރީ 2023 10:08
0

ހުޅުމާލޭގައި އޮތް ފުލުހުންގެ ވެހިކަލެއްގައި ރޯ ކޮށްލައިފިއެވެ. ފުލުހުންގެ ފަރާތުން ހާމަ ކޮށްފައިވާ ގޮތުގައި ފުލުހުންގެ ވެހިކަލެއްގައި ރޯކުރިކަމުގެ މައުލޫމާތު ލިބުނީ މިރޭ 7:40 ހާއިރު ކަމުގައެވެ.

އެހެންނަމަވެސް ވެހިކަލުގައި ރޯވި އަލިފާން މާގިނައިރުތަކެއް ނުވެ ނިއްވާލާފައިވާކަމަށް، އެ ސަހަރައްދުން ޚަބަރު އޮންލައިނަށް މައުލޫމާތުދިން ފަރާތްތަކުން ބުނެފައިވެއެވެ.

މި ހާދިސާއާއި ގުޅޭ އިތުރު މައުލޫމާތެއް އަދި ފުލުހުން ހާމަ ކޮށްފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.