އިންޑިއާގެ ރީހެބެއްގައި ފަރުވާ ހޯދަމުންދިޔަ ދިވެއްސަކު ގެއްލިގެން ހޯދަނީ

އިންޑިއާގެ ރީހެބެއްގައި ފަރުވާ ހޯދަމުންދިޔަ ދިވެއްސަކު ގެއްލިގެން ހޯދަނީ

Author
މުޙައްމަދު ޝަޒައިމް
20 ޑިސެމްބަރ 2022 03:11
0

އިންޑިއާގެ ރީހެބިލިޓޭޝަން ސެންޓަރެއްގައި ފަރުވާ ހޯދަމުންދާ ދިވެހި ޒުވާނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ގެއްލިގެން ހޯދަމުންދަނީ ހދ.ކުޅުފުއްޓަށް ނިސްބަތްވާ 37 އަހަރުގެ ޢަލީމެވެ. އޭނާ ފަރުވާ ހޯދަމުންދަނީ އިންޑިއާގެ ބެންގަލޫރުގެ ރީހެބިލިޓޭޝަން ސެންޓަރުގައެވެ. ޢަލ؛ީމް ގެއްލިގެން ހޯދުމުގެ މަސައްކަތް ފަށާފައިވަނީ މިމަހުގެ އަށްވަނަ ދުވަހުން ފެށިގެންނެވެ. އަލީމް މިސެންޓަރުގައި ފަރުވާ ހޯދާތާ އެއް އަހަރަށްވުރެ ގިނަ ދުވަސް ވަނީ ވެފައެވެ.

ޢަލީމްގެ އާއިލާއިން ބުނެފައިވަނީ ރީހެބުގައި ފަރުވާ ހޯދަމުންދާއިރު ސެންޓަރުން ބޭރަށް ނިކުމެ ހިނގާލުމުގެ ހުއްދަ އޮންނަ ކަމަށެވެ. އެހުއްދައިގެ ދަށުން އަލީމްވެސް ބޭރަށް ނިކުމެ އުޅޭކަމަށެވެ. ނަމަވެސް އަށްވަނަ ދުވަހު ބޭރަށް ނިކުތް ގޮތަށް އަލީމްގެ އެއްވެސް ޚަބަރެއް ވެފައި ނުވާކަމަށް އާއިލާއިން ބުނެފައިވެއެވެ.

ޢަލީމްގެ ޚަބަރެއް ނުވެގެން އެކަން ޖެހިގެން އައި ދުވަހު އާއިލާއިން ވަނީ ރީހެބިލިޓޭޝަން ސެންޓަރަށް ރިޕޯޓްކޮށްފައެެވެ. މިހާރު ސެންޓަރުންނާއި، ބެންގަލޫރުގެ ފުލުހުންވެސް އޭނާ ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

އަދި އޭނާ ގެއްލިގެން އުޅޭކަން އާއިލާއިން ވަނީ ރާއްޖޭގެ ފޮރިން މިނިސްޓްރީއަށާއި، ދިވެހި ފުލުހުންނަށްވެސް އަންގާފައެވެ. މިހާތަނަށް އަލީމް ހޯދުމަށް ކުރެވުނު މަސައްކަތުން އޭނާ ފެނިފައި ނުވާކަމަށް އާއިލާއިން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.