އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ގިނަ އަދަދެއްގެ މެމްބަރުންނާއި، އެމްޑީޕީގެ އެންމެ އިސްލީޑަރު ރައީސް އިބްރާހިމް މުހައްމަދު ޞާލިހު މިރޭ ބައްދަލު ކުރައްވައިފިއެވެ.
މިބައްދަލުވުން އޮތީ އޮތީ އެމަނިކުފާނުގެ ކެމްޕެއިން މައި އޮފީސްކަމަށް ކަނޑައަޅާފައިވާ ސޯލްޓްކެފޭގައެވެ. މިބައްދަލުވުމުގައި އެމްޑީޕީގެ ވަޒީރުންގެ ތެރެއިން ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ ވަޒީރުންނާއި، އެކި ދާއިރާތަކުގެ މަޖިލިސް މެމްބަރުންނާއި، ސިޔާސީ މަޤާމުތަކުގައި ތިއްބެވި ގިނަ އަދަދެއްގެ ގައުމީ މަޖިލިސް މެމްބަރުންވެސް ވަނީ ބައިވެރިވެފައެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުންނާ ރައީސް ބައްދަލު ކުރައްވަމުން ގެންދަވާއިރު، މަގްސަދަކީ ޖެނުއަރީ 28، ގައި ބާއްވާ އެމްޑީޕީގެ ޕްރައިމަރީގެ ކެމްޕެއިން ގެންދާނެ ގޮތާމެދު މަޝްވަރާ ކުރުމެވެ.
ރައީސް ސޯލިހާއި އެމަނިކުފާނާއެކު ރިޔާސީ ޕްރައިމަރީގައި ވާދަ ކުރައްވާނެ އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވެސް ހިމެނިވަޑައިގަންނަވާ ގޮތަށް އެމްޑީޕީގެ ގައުމީ މަޖިލީހުގައި ޖުމްލަަ 167 މެމްބަރުން ތިބޭއިރު އޭގެ ތެރެެއިން 100 އަށް ވުރެ ގިނަ މެމްބަރުން ސޯލްޓުގެ ބައްދަލުވުމުގައި އެބަ ބައިވެރިވެއެވެ.

އެމްޑީޕީގެ ޕްރައިމަރީ އިިއްޔެ އިއުލާނުކޮށްފައިވާއިރު ޕާޓީގެ މެމްބަރުންގެ ދަފްތަރުގައި މައްސަލަތަކެއް އުޅޭ ކަމަށް ނަޝީދު ވަނީ ތުހުމަތު ކުރައްވައިފައެވެ. އަދި ޕާޓީގެ ދަފްތަރުގައި މައްސަލަތަކެއް އުޅެނިކޮށް ބާއްވާ އިންތިހާބެއް އިންސާފުވެރި ނުވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
އެކަމަކު އެމްޑީޕީން މިއަދު ބުނީ ޕާޓީގެ ދަފްތަރު ސައްހަ ކަމަށާއި އޮޅުންބޮޅުންގަނޑެއްގައި އޮއްވާ ދަފްތަރު ރަނގަޅު ކުރީ އިންތިހާބުގެ ސައްހަކަން ކަށަވަރު ކުރަން ކަމަށެވެ.
އެމްޑީޕީގެ ޓިކެޓްގައި ރިޔާސީ އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓަކު ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރާ ކެނޑިޑޭޓުން، އެބޭފުޅަކަށް ތާއީދު ކުރާ 500 މެމްބަރުންގެ ތާއީދާއީއެކު މިމަހުގެ 24 ވަނަ ދުވަހުގެ ކުރިން ހުށައެޅަންޖެހެއެވެ.
ކޮމެންޓު ފޮނުވާ