ރާމް ޗަރަން އަށް ދަރިއަކު ލިބެނީ

ރާމް ޗަރަން އަށް ދަރިއަކު ލިބެނީ

Author
ފާތިމަތު ނާވީ
17 ޑިސެމްބަރ 2022 02:17
0

ސައުތުގެ މަޝްހޫރު އެކްޓަރު އަދި މިއަހަރު ނެރެނު ކާމިޔާބު އެއް ފިލްމް ކަމުގައިވާ "އާރްއާރްއާރް" ގެ އެއް ލީޑީންގ އެކްޓަރު ރާމް ޗަރަންއަށް ދަރިއަކު ލިބެން އުޅޭ ކަން އޭނާ އިއުލާން ކޮށްފިއެވެ.

ޗަރަން، 37، އާއި އުޕާސްނާ ކަމިނޭނީ، 33، ކައިވެނިކުރީ 2012 ގަ އެވެ. އެދެމީހުންނަށް އަލަތު ދަރިއަކު މި ލިބެނީ ކައިވެންޏަށް 10 އަހަރު ފަހުންނެވެ. ރާމް ޗަރަން މިހަބަރު ހިއްސާކޮށްފައިވަނީ އޭނާގެ އިންސްޓްގްރާމްގައިއެެވެ.

 

View this post on Instagram

 

A post shared by Ram Charan (@alwaysramcharan)

ސައުތުގެ ކާމިޔާބު އެތަށް ފިލްމް ތަކެއް ކުޅެފައިވާ ރާމް އަކީ އިނޑަސްޓްރީގައި ހުރި އެންމެ ޑިމާންޑް ބޮޑު އެއް އެކްޓަރުވެސް މެއެވެ. ރާމް އޭނާގެ ފިލްމީ ކެރިއަކު ފެށީ 2007 ވަނަ އަހަރު "ޗިރުތާ" ކިޔާ ފިލްމްއަކުންނެވެ. އޭނާ ވަނީ ބޮލީވުޑްގެ ބައެއް ފިލްމް ތަކުންވެސް ފެނިގެން ގޮސްފައިއެވެ. އެންމެ ފަހުން އޭނާ ފެނިގެން ގޮސްފައިވަނީ "އަޗާރްޔާ" ކިޔާ ފިލްމް އަކުންނެވެ. ފިލްމް ކުޅުމުގެ އިތުރުން އޭނާ ވަނީ ބައެއް ފިލްމް ތަށް ޕްރޮޑިއުސް ވެސް ކޮށްފައިއެވެ.

ރާމްގެ އަންހެނުން އުޕާސްނާ އަކީ އިޑިއާގެ މަޝްހޫރު ވިޔާފާރި އާއިލާ އަކަށް ނިސްބަތްވާ މީހެކެވެ. އޭނާގެ ކާފަ އަކީ އެޕޯލޯ ހޮސްޕިޓަލް ގެ ފައުންޑާއެވެ. އަދި އޭނާގެ މަންމަ އަކީ ވެސް އިންޑިއާގެ ވަރުގަދަ ވިޔަފާރީވެރިއެކެވެ. އުޕަސްނާ އަކީ އެޕޯލޯ ޗެރިޓީގެ ވައިސް ޗެއާމަންއެވެ. އަދި އޭނާ އަކީ ބީ ޕޮޒިޓިވް މެގަޒިން ގެ ޗީފް އެޑިޓަރުވެސް މެއެވެ.

ރާމް އާއި އުޕާސްނާ ބައްދަލުވީ ކިޔަވަން އުޅުން އިރުގައި ގްރޭޑް 9އަކުން ދިމާވެގެންނެވެ. އެމީހުން ކައިވެނިކުރީ ލޯބީގެ ގޮތުން ގުޅިގެން ގިނަދުވެސްތަކަކު އުޅުމަށް ފަހުގައި ކަމަށް ރިޕޯޓް ތަށް ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.