ބަޖެޓް 2023: ފެނާއި ނަރުދަމާގެ އަމަލީ މަސައްކަތްތައް ހިނގަމުންނުދާ އެއްވެސް ރަށެއް 2023 ގައި ނޯންނާނެ

ބަޖެޓް 2023: ފެނާއި ނަރުދަމާގެ އަމަލީ މަސައްކަތްތައް ހިނގަމުންނުދާ އެއްވެސް ރަށެއް 2023 ގައި ނޯންނާނެ

Author
ހުސެއިން
31 އޮކްޓޯބަރ 2022 03:47
0

ފެނާއި ނަރުދަމާގެ އަމަލީ މަސައްކަތްތައް ހިނގަމުންނުދާ އެއްވެސް ރަށެއް 2023 ގައި ނޯންނާނެ ކަމުގައި ފިނޭންސް މިނިސްޓަރު އިބުރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

2023 އަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވީ މިސަރުކާރުން ވެފައިވާ ވައުދާއި އެއްގޮތަށް ތަފާތުކުރުމެއްނެތި، ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކުރުމުގެ މަސައްކަތްތައް ދަނީ ކުރިއަށް ކަމަށެވެ.

މިގޮތުން، އޭނާ ވިދާޅުވީ އެކާވީސްވަނަ ގަރުނުގައި، ރާއްޖޭގެ ރައްޔިތުން ސާފު ފެން ބޭނުންކުރެވޭނެ ގޮތެއް ނެތިފައި ތިބުމަކީ މި ސަރުކާރުން ގަބޫލުކުރާ ކަމެއްނޫން ކަމަށާއި، މިފަދަ އަސާސީ ކަންކަން ފުރިހަމަވެފައި އޮތުމަކީ ބަލިމަޑުކަމުން ސަލާމަތްވުމަށް މުހިއްމުކަމެއް ކަމުގައެވެ.

އަދި އެއީ ރާއްޖޭގެ ވިޔަފާރިތަކުގެ، ޚާއްސަކޮށް ރަށުފަތުރުވެރިކަމުގެ، ތަރައްޤީއަށް މުހިއްމުކަމެއްކަމަށް، މަޖިލިހަށް ހުށަހެޅުއްވި ބަޖެޓް ބަޔާނުގައި ފާހަގަ ކުރައްވަމުން އޭނާ އިތުރަށް ވިދާޅުވީ، ރާއްޖޭގެ 158 ރަށެއްގައި ފެނާއި ނަރުދަމާގެ މަޝްރޫއުތައް ހިންގުމަށް ބަޖެޓުގައި 643.8 މިލިއަން ރުފިޔާ 2023ގެ ބަޖެޓުގައި ސަރުކާރުން ހިމަނާފައިވާކަމުގައެވެ.

ހިގަމުންދާ 5 އަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ގާއިމް ކޮށްދިނުމަކީ ރައީސް އިބުރާހިމް މުހައްމަދު ސާލިހުގެ ރިޔާސީ ވައުދުކެވެ. މިގޮތުން މި ވައުދު ފުއްދުމުގެ ގޮތުން ސަރުކާރުން މިހާރުވެސް ގެންދަނީ ގިނަ ރަށްތަކެއްކައި ފެނާއި ނަރުދަމާގެ މަޝްރޫއުތައް ކުރިޔަށް ގެންދަމުންނެވެ.

އަންނަ 2023 ވަނަ އަހަރަށް ލަފާކޮށް، ސަރުކާރުން މިއަދު ރައްޔިތުންގެ މަޖިލިހަށް ހުށަހަޅުއްވާފައިވަނީ 43 ބިލިއަން ފުރިޔާގެ ބަޖެޓެކެވެ.

އަންނަ އަހަރަށް ލަފާކުޜާ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އިބުރާހިމް އަމީރު ވިދާޅުވި ގޮތުގައި، ސަރުކާރުން ހުށަހެޅުއްވި ބަޖެޓްގެ ތެރެއިން ޚަރަދުގެ ގޮތުގައި ހިގާނެކަމަށް ލަފާކުރެވެނީ 40.6 ބިލިއަން ރުފިޔާ ކަމުގައެވެ.

އެއީ ރިކަރަންޓް ޚަރަދުގެ ގޮތުގައި ހިގާ 28.6 ބިލިއަން ރުފިޔާ އާއި ކެޕިޓަލް ޚަރަދުގެ ގޮތުގައި 14.1 ބިލިއަން ރުފިޔާއެވެ. މ އަދި ބަޖެޓާއި ޚަރަދާއި ހުރި ތަފާތުގެ ބޮޑު ބައެއް ހިއްސާކުރަނީ، ދައުލަތުގެ ދަރަނި އަދާކުރުމަށް ދައްކާ 2.1 ބިލިއަން ރުފިޔާ ކަމަށްވެސް ބަޖެޓް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު ވިދާޅުވެފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

Iuuu Uni