ބޭކާރު ޚަރަދާހެދި ވަމުންދާ ގެއްލުން ފޫބެއްދުމަށް، ރައްޔިތުންނަށް ބުރަ ޖައްސައިގެން ނުވާނެ: ހަސަން

ބޭކާރު ޚަރަދާހެދި ވަމުންދާ ގެއްލުން ފޫބެއްދުމަށް، ރައްޔިތުންނަށް ބުރަ ޖައްސައިގެން ނުވާނެ: ހަސަން

Author
މުޙައްމަދު ޝަޒައިމް
21 އޮކްޓޯބަރ 2022 04:40
0

ސަރުކާރުން ކުރަމުންދާ ބޭކާރު ޚަރަދުގެ ސަބަބުން ވަމުންދާ ގެއްލުންތައް ފޫބެއްދުމަށް ރައްޔިތުންނަށް ބުރަވާގޮތަކަށް ކަންކަން ނިންމުމަކީ ކޮށްގެންވާނެ ކަމެއްނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ހަސަން މިހެން ވިދާޅުވީ އަންނަ އަހަރުގެ ޖެނުއަރީން ފެށިގެން ޓެކްސް ބޮޑު ކުރުމަށް ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ބިލާއިމެދު އެމްޑީޕީގެ މެމްބަރުންގެ ތެރޭގައި ވަރަށް ބޮޑަށް ޚިޔާލު ތަފާތުވެފައިވާ ދަނޑިވަޅެއްގައެވެ. އަދި މިބިލް ފާސްކުރުމަށް އެމްޑީޕީގެ ޕީޖީ ގްރޫޕުން ވަނީ ތްރީލައިން ވިޕެއްވެސް ނެރެފައެވެ.

ޓެކްސް ބޮޑުކުރުމާއި ދެކޮޅަށް މުޅި މަޖިލީހުގެ ކޮމެޓީގައި މެމްބަރު ހަސަން ދެއްކެވި ވާހަކަ ހިއްސާ ކުރައްވާއި އޭނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސަރުކާރުން ތަކުރާރުކޮށް ކަންކަން މިސްމެނޭޖް ކުރަމުން ދިއުމާއި، ސަރުކާރުން ކުރަމުންދާ ބޭކާރު ޚަރަދުތަކުގެ ސަބަބުން ދައުލަތަށް ވަމުންދާ ގެއްލުން ފޫބެއްދުމަށްޓަކައި އެކަމުގެ ބުރަ ރައްޔިތުންނަށް ޖެއްސުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫންކަމަށެވެ.

ސަރުކާރު ހިންގުމުގައި ތަކުރާރުކޮށް ކަންކަން މިސްމެނޭޖް ކުރަމުން ދިއުމާއި, ކުރަމުންދާ ބޭކާރު ޚަރަދުގެ ސަބަބުން ވަމުންދާ ގެއްލުން ފޫބެއްދުމަށް ރައްޔިތުން ދައްކަމުންދާ ޓެކްސް ކުއްލިއަކަށް ބޮޑުކޮށް ރައްޔިތުންނަށް އެބުރަ ޖެއްސުމަށް ނިންމުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ ނިންމުމެއް!

– ހަސަން ވިދާޅުވިއެވެ.

މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް އިސްލާހު ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއުއެވެ. ޝިފާއު ހުށައެޅުއްވި އިސްލާހުގައި ޓީޖީއެސްޓީ %12އިން %16އަށް، އަދި ޖީއެސްޓީ %6އިން %8އަށް ބޮޑުކުރުމަށް ވަނީ ހުށަހަޅާފައެވެ.

މިއިސްލާހު ހުށަހެޅުއްވުމުގެ މައިގަނޑު ބޭނުމަކީ ދައުލަތުގެ ޚަރަދުގެ ސިޔާސަތުތަކާއި ދުނިއޭގެ އިގްތިޞާދަށް އަންނަ ބަދަލުތަކުގެ ސަބަބުން ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް ފިޔަވަޅުތަކެއް ނާޅައިފިނަމަ، އާމްދަނީން ރިކަރެންޓް ޚަރަދުތައް ހަމަނުޖެއްސޭނެކަމަށް ފާހަގަވާތީ ދައުލަތަށް ލިބޭ އާމްދަނީން ޚަރަދުތައް ހަމަޖެއްސުމަށްކަމަށް ކަމަށް މެންބަރު ޝިފާޢު ވިދާޅުވިއެވެ.

ބިލްގެ މަސައްކަތް މުޅި މަޖިލިސް ކޮމެޓީގައި ކުރަމުންދާއިރު ވެރިކަން ކުރާ މައި ޕާޓީގެ އެމްޑީޕީގެ މެމްބަރުން ދަނީ މިބިލާއި ވަރަށް ބޮޑަށް ދެކޮޅު ހަދަމުންނެވެ. އަދި މިބިލް ފާސް ކުރުމަށް ތްރީ ލައިން ވިޕެއް ނެރުނު ނަމަވެސް ވޯޓު ނުދޭނެކަމަށް އެމްޑީޕީގެ ބައެއް މެމްބަރުން ދަނީ ވިދާޅުވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޥ ޥ
ވ.ރަގަޅުވާހަކައެތް އަގަޔަކާއަތަޔަކާދިމާވަނީކީނޫ ދިމާވަނިކަރާ
ރ ރައްޔިތު
ހަސަނުބުންޏަސްް ތީރަގަޅުު ވާހަކައެއްް