ނަފްސާނީ ބަލީގެ ފަރުވާ ފަސޭހައިން ލިބޭނެ ގޮތް ކަށަވަރުވެފައި އޮތުމަކީ އެންމެންގެ ހައްގެއްކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރާ ވޯލްޑް މެންޓަލް ހެލްތު ޑޭގެ މުނާޞަބަތުގައި ރައީސް ކުރެއްވި ޓްވީޓެއްގައި ވަނީ، ނަފްސާނީ ދުޅަހެޔޮކަން ބައިނަލްއަޤްވާމީ ފެންވަރުގައި އިސްކަންދެވޭ ކަމަކަށް ހެދުމަށްޓަކައި މުޅި މުޖުތަމަޢު މަސައްކަތްކުރުމަށް އިލްތިމާސްކުރައްވާފައެވެ. އަދި ހެޔޮ އަގެއްގައި ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދޭނެ ގޮތް ހެދުމަކީ އެންމެނަށް ކަށަވަރުވެފައިވާ ހައްގަކަށް ވާންޖެހޭކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
As we mark #WorldMentalHealthDay today, I call for a whole-of-society approach to bolster our commitment to raise awareness and make mental health and wellbeing for all a global priority. Timely and affordable access to mental health services must be a guaranteed right for all.
— Ibrahim Mohamed Solih (@ibusolih) October 10, 2022
ދުނިޔޭގެ ނަފްސާނީ ޞިއްހަތުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަހެވެ.
ރާއްޖޭގައި މެންޓަލް ހެލްތު ނުވަތަ ނަފްސާނީ ސިއްހަތުގެ ބަލި އަންނަނީ ކަންބޮޑުވާ މިންވަރަކަށް އިތުރުވެފައެވެ. އެކަން ހާމަވަނީ އައިޖީއެމްއެޗްގެ މެންޓަލް ހެލްތު ސެންޓަރުގައި މީހުން ރަޖިސްތްރީކޮށްފައިވާ އަދަދުތަކުންނެވެ. އެއްހާހާއި ގާތްކުރާ އަދަދަކަށް މީހުންގެ ނަން ވެއިޓްލިސްޓްކޮށްފައިވާއިރު، އެ ލިސްޓް ކުޑަކުރުމަށް މަސައްކަތްކުރަކަަމަށް އައިޖީއެމްއެޗް އިން ބުނެފައިވެއެވެ.
މެންޓަލް ހެލްތު ސެންޓަރެއް އައިޖީއެމްއެޗްގައި ހުޅުވީ 2019ގައެވެ.