އިންޑިއާގެ ކުންފުންޏަކުން އުފައްދާ ކޯފް ސިރަޕެއް ރާއްޖެ އެތެރެ ކުރުން މަނާ ކޮށްފި

އިންޑިއާގެ ކުންފުންޏަކުން އުފައްދާ ކޯފް ސިރަޕެއް ރާއްޖެ އެތެރެ ކުރުން މަނާ ކޮށްފި

އިންޑިއާގެ ހަރިޔާނާ ސްޓޭޓުގައި ހުންނަ Maiden Pharmaceuticals Limited އިން އުފައްދާ، ކުޑަކުދިންނަށް ދޭ ކޯފް ސިރަޕްގައި ކެމިކަލް މާއްދާއެއް ކަމުގައިވާ diethylene glycol and ethylene glycol ހިމެނި ބޭސްތައް  ތަޢައްޔަރު ވެފައިވާ ކަމަށް ގެންބިޔާއިން ވާލްޑް ހެލްތު އޮގަނައިޒޭޝަންއަށް ރިޕޯޓު ކޮށްފައިވާކަމަށް އެ ޖަމިއްޔާއިގެ އެލާޓް ކުރުމާއި ގުޅިގެން މި ކޯފް ސިރަޕް ރާއްޖެ އެތެރެ ކުރުން މަނާ ކޮށްފިއެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން އާންމު ކޮށްފައިވާ އެލާޓުގައި ވިދާޅުވެފައިވަނީ، މި އެލާރޓުގައި ފާހަގަ ކޮށްފައިވާ ބެޗްތަކުގެ މި ކޯފް ސިރަޕްގެ ރައްކާތެރިކަން ކަށަވަރު ނުވާތީ، މި ބޭސްތަކުގެ، އެލާޓުގައި ފާހަގަ ކޮށްފައިވާ ބެޗްތަލުގެ ބޭސް ބޭނުން ނުކުރުމަށް ޑަބްލިއިއެޗްއޯގެ އެލާޓުގައި ފާހަގަ ކޮށްފައި ވާކަމުގައެވެ.

އަދި މިބޭހަކީ ރާއްޖެއަށް އިމްޕޯޓު ކުރުމާއި ވިއްކުމަށް ހުއްދަކުރާ ބޭހުގެ ލިސްޓުގައި (އެޕްރޫވް ޑްރަގް ލިސްޓު)ގައި ހިމެނޭ ބޭހެއް ނޫންނަމަވެސް، ބޭސް ސިޓީއަށް ނުވަތަ އެނޫންވެސް ގޮތަކުން ރާއްޖެއަށް މިބޭސް އިމްޕޯޓު ވުމުގެ ފުރުސަތު އޮންނާތީ މިކަމަށް ސަމާލުވުމަށްވެސް އެމްއެފްޑީއޭގެ އެލާޓުގައި އިލްތިމާސް ކޮށްފައި ވެއެވެ.

އަދި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ބޭސް ސިޓީއަށް ބޭސް އެތެރެ ކުރާއިރު، ޚާއްސަ ސަލާމުކަމެއް ދީގެން ރާއްޖޭގެ ޕޯޓުތަކުގައި ބަލާ ފާސްކުރަމުން ގެންދާނެކަމަށްވެސް ވިދާޅުވެފައި ވެއެވެ. މިބޭހާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ ލަސްނުކޮށް އެ އޮތޯރިޓީގެ ހޮޓްލައިން ނަންބަރު 7200321 ނަންބަރަށް ގުޅުއްވާ މައުލޫމާތު ހިއްސާ ކުރުމަށްވެސް އެ އޮތޯރިޓީން އެދިފައި ވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *