ހޯރަފުށިން ރައީސްއަށް ހޫނު މަރުހަބާއެއް

ހޯރަފުށިން ރައީސްއަށް ހޫނު މަރުހަބާއެއް

Author
މުޙައްމަދު ޖިމީ
19 ނޮވެމްބަރ 2020 02:22
0

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހް ހޯރަފުއްޓަށް ވަޑައިގަތުމުން އެރަށުން އެމަނިކުފާނަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވައިފިއެވެ. އެމަނިކުފާނު ހޯރަފުއްޓަށް ވަޑައިގަތީ އެރަށުގައި ތަރައްޤީކޮށްފައިވާ އެއަރޕޯޓް ހުޅުއްވައިދެއްވުމަށެވެ. މެންދުރު 13:00 ގައެވެ.

 

ގާތްގަނޑަކަށް 1 ގަޑިއިރުގެ ދަތުރަކަށްފަހު ރައީސުލްޖުމްހޫރިއްޔާ ހޯރަފުއްޓަށް ވަޑައިގަތުމުން އެރަށުގެ ގިނަ ޢަދަދެއްގެ ރައްޔިތުންނާއި، އެއަތޮޅުގެ ރައްޔިތުންގެ ފަރާތުން ވަނީ އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. ރައީސްއަށް މަރުހަބާ ދަންނަވަން ގިނަ ޢަދަދެއްގެ ރައްޔިތުން އެއަރޕޯޓް ސަރަހައްދަށް ޖަމާވެފައިވާއިރު ގިނަ ހަރަކާތްތަކެއްވެސް އެރަށު ރައްޔިތުންގެ ފަރާތުން ހުށައަޅާދީފައިވެއެވެ. މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާވެސް ބައިވެރިވެވަޑައިގަންނަވައެވެ.

 

ހޯރަފުށީ އެއަރޕޯޓް ތަރައްގީކުރީ ހޯރަފުށީގެ ފަޅުން ބައެއް ހިއްކައިގެންނެވެ. އެއަރޕޯޓު އަޅަން ބޭނުންވާ ބިމުގެ ސަރަހައްދު ހިއްކައި، ނިމުމުން އެތަނުގައި އެއަރޕޯޓު އެޅުމުގެ މަސައްކަތްވެސް ހަވާލުކުރީ އެމްޓީސީސީ އާއެވެ. މިއީ 1200 މީޓަރު ދިގު، 35 މީޓަރު ފުޅާ ރަންވޭއަކާ އެކު ތަރައްގީކުރި އެއަރޕޯޓެކެވެ.

ޖުމްލަ 198 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދިޔަ މި މަޝްރޫޢު އެމްޓީސީސީއާ ހަވާލުކުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ 2019 ވަނަ އަހަރުގެ މާޗް މަހުގެ 25 ގައެވެ. އަދި އެ މަސައްކަތް މިދިޔަ އަހަރު ފައްޓަވައި ދެއްވީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.