ޕީޕީއެމާއި ޗައިނާ ސަރުކާރާ ދެމެދު ގުޅުންތަކެއްވޭ، ފައިސާވެސް ބަދަލުކުރޭ: ނަޝީދު

ޕީޕީއެމާއި ޗައިނާ ސަރުކާރާ ދެމެދު ގުޅުންތަކެއްވޭ، ފައިސާވެސް ބަދަލުކުރޭ: ނަޝީދު

Author
މުޙައްމަދު ޖިމީ
19 ނޮވެމްބަރ 2020 12:25
0

އިދިކޮޅު ޕީޕީއެމާއި ޗައިނާއާދެމެދު ގުޅުންތަކެއްވާކަމަށާއި، ފައިސާވެސް ބަދަލުކުރާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައިސް މުޙައްމަދު ނަޝީދު ވިދާޅުވީ، އިދިކޮޅު ޕީޕީއެމާއި ޗައިނާ ސަރުކާރާ ދެމެދު ގުޅުންތަކެއްވާކަމަށާއި، ދެފަރާތުގެ ދެމެދު ފައިސާވެސް ބަދަލުވާކަމަށެވެ. އަދި ޕީޕީއެމްގެ ބައެއް ބޭފުޅުން ޗައިނާއަށް ދަތުރުކުރާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައިވާއިރު، މާވަށު ދާއިރާގެ މެންބަރު އަދި އިދިކޮޅު ޕީއެންސީގެ ނާއިބު ރައީސް މުޙައްމަދު ސަޢީދު ވަނީ މިހަރަުގެ ސެޕްތެމްބަރު މަހުގެ ތެރޭގައި ޗައިނާއަށް ދަތުރުފުޅެއްކުރައްވާފައެވެ. އަދި އެއީ "ސިއްރު" ދަތުރުފުޅެއްކަމަށްވެސް ބައެއް ފަރާތްތަކުން ވަނީ ވިދާޅުވެފައެވެ. ކުރީ ސަރުކާރުގައި ރާއްޖެއާއި ޗައިނާ އާއި ދެމެދު ގުލުން ބަދަހިވެ، އެތައް އެހިތަކެއް ލިބިފައިޥާއިރު، ކުރީ ޗައިޏާއިން ޜައްޖެ ދަރުވާލީކަމަށް މިހާރު ސަރުކާރުގައި ތިއްބެވި ފަރާތްތަކުން އަންނަނީ ވިދާޅުވަމުންނެވެ.

މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ، ޗައިނާއިން ނަގާފައިވާ ދަރަނިތައް އިންތިޙާއަށް މައްޗަށް އަރާފައިވާއިރު، އެ ދަރަނިތައް ފަސްކޮށްދިނުމަށް ޕީޕީއެމަށް އެދެވިދާނެކަމަށެވެ. ނަމަވެސް އެއީ ޕީޕީއެމްގެ ފަލްސަފާގެ ސަބަބުން އެއީ ކުރެވިދާނެކަމެއްކަމާމެދުވެސް ރައީސް ނަޝީދު ސުވާލު އުފެއްދެވިއެވެ. ރައީސް ނަޝީދު ވިދާޅުވީ ޗައިޏާގެ ދަރަންޏާމެދު ކަންބޮޑުވުން ފާޅުކުރައްވާ އެންމެ ބޮޑު ސަބަބަކީ އަންނަ އަހަރަށް ލަފާކޮށް ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހޫށައެޅިއިރުވެސް ދަރަނިތައް ރީސްޓްރަކްޗަރ ކޮށްފައިނުވާތީކަމަށެވެ. އަދި ދައުލަތަށް ލިބޭ އާންމްދަނީއަށްވުރެ ބޮޑަށް ލޯނުތައް ވެސް އިންތިހާއަށް އިތުރުވުމެވެ.

މިއަހަރު އެބައޮތް ބާކީ 83 މިލިއަން ޑޮލަރު ދައްކަން. 5 ވަނަ ޕަބަރ ޖެނެރޭޥަމް ޕްރޮޖެކްޓްގައިވެސް ނަރެއް އެޅުން ފުނަދޫގައި ފެންތާނގި ބެހެއްޓުން 35 މިލއިަން ޑޮލަރު. މިލޯންތަކުން އިޤްތިޞާދީ ހަރަކާތަކަށް ކުރި ފައިދާއެއް ނާދޭ. އެތާށީގެ މައްޗަށް ކޯވިޑާއި ގުޅިގެން އިތުރު ތާއްޓެއް މިއެޅީ

-ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވިއެވެ.

އަންނަ އަހަރަށް ލަފާކޮށް ހުށައެޅި 34.8 ބިލިއަން ރުފިޔާގެ ތެރެއިން %50 އަކީ ދައުލަތުގެ ދަރަނިކަމަށް ވިދާލުވެ ރައީސް ނަޝީދާއި ބައެއް މެންބަރުން އަންނަނީ ކަންބޮޑުވުން ފާލުކޮށް ޗައިނާއަށް ބަހުގެ ހަމަލާތައް ރައްދުކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.