އިންޓަ ބަލިކޮށް ބަޔާނަށް ރަނގަޅު ފެށުމެއް

އިންޓަ ބަލިކޮށް ބަޔާނަށް ރަނގަޅު ފެށުމެއް

ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސީގައި އިޓަލީގެ އިންޓަ މިލާނާ ދެކޮޅަށް ކުޅުނު މެޗު ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކުން ކާމިޔާބުކޮށްފިއެވެ.

އިންޓަގެ ދަނޑުގައި ރޭ ކުޅުނު މި މެޗު ބަޔާނުން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ. ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ބަޔާނުން ލީޑު ނަގާފައިވަނީ މެޗުގެ 25 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ލެރޯއި ސާނޭއެވެ. އަދި އެ ބަޔާނުގެ ދެވަނަ ލަނޑަކީ އިންޓަގެ ޑެނީލޯ ޑި އެމްބްރޯސިއޯ އަތުން މެޗުގެ 66 ވަނަ މިނެޓުގައި ބައިކޮޅަށް ވަން ލަނޑެކެވެ.

މި މެޗުގައި މީގެއިތުރުންވެސް ލަނޑު ޖަހާނެ ގިނަ ފުރުސަތުތައް ބަޔާނަށް ވަނީ ލިބިގެން ގޮސްފައެވެ. އެގޮތުން މި މެޗުގައި ބަޔާނުން ވަނީ ޖުމްލަ 21 ހަމަލާ އުފައްދާފައެވެ. އަދި އޭގެތެރެއިން 11 ހަމަލާ ވަނީ ގޯލާ އަމާޒުކޮށް ފޮނުވާލާފައެވެ.

މި މެޗުން ބަޔާން މޮޅުވިއިރު، މި ގްރޫޕުގައި ދެން ހިމެނޭ ސްޕެނިޝް ލީގުގައި ބާސެލޯނާއިން ވަނީ ބުދަ ދުވަހުގެރޭ ކުޅުނު މެޗުން ވިކްޓޯރިއާ ޕްލްޒެން އަތުން 5-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެފައެވެ. އެ މެޗުގައި ރޮބަޓް ލެވަންޑޯސްކީ ވަނީ ބާސާއަށް ފުރަތަމަ ހެޓްރިކުވެސް ހަދައިދީފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *